30 އޮކްޓޯބަރު 2023 - 18:24 0
މުހައްމަދު ޖަމްޝަތު ވަހީދު
ގާޒާ އަށް އެހީވުމަށް އެމްޕީއެލް އިން ދޭ އެހީގެ ރަމްޒީ ޗެކު އެކުންފުނީގެ ސީއީއޯ ޝާހިދު ހަވާލުކުރައްވަނީ--- ފޮޓޯ:އެމްޕީއެލް
30 އޮކްޓޯބަރު 2023 - 18:24 0
ގާޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ބައިމިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި އެވެ.
މި ފައިސާ ހަދިޔާކޮށްފައިވަނީ ފަލަސްތީނަށް އެހީވުމަށް ހިންގާ ދެ ފަންޑަކަށެވެ. އެއީ މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އިން ހިންގާ "ފަލަސްތީނު ރިލީފް ފަންޑް" އާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ހިންގާ "ގާޒާ އެމަޖެންސީ ރިލީފް" ފަންޑެވެ.
އެމްޕީއެލް އިން ވަނީ ފަލަސްތީން ރިލީފް ފަންޑަށް ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފަ އެވެ. އަދި ގާޒާ އެމަޖެންސީ ރިލީފް ފަންޑަށް 65،000 ރުފިޔާ ހަދިޔާކުރި އެވެ.
އެމްޕީއެލް އިން ބުނީ މިއީ އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ހަދިޔާކުރި އެހީއެއް ކަމަށެވެ.
އަދި ފަލަސްތީނަށް އެހީވުމުގެ ގޮތުން އެމްޕީއެލްގެ އެކި ސަރަހައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމަށް ވެސް ނިންމާފައިވާ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އިތުރު އެހީ ހޯދުމަށް ރާއްޖޭގައި ހިންގަމުންދާ އެކި ހަރަކާތްތަކަށް އެމްޕީއެލް އާއި އެ ކުންފުނީގެ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށްވެސް އެމްޕީއެލް އިން ބުންޏެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން ފަންޑް ރެއިޒްކުރުމުގެ ގިނަ ހަރަކާތްތަކެއް ރާއްޖޭގައި ދަނީ ހިންގަމުންނެވެ. އެގޮތުން އައިއޭސީ އިން ހިންގާ 'ގާޒާ އެމަޖެންސީ ރިލީފް 2023' ފަންޑަށް މިހާތަނަށް ދިވެހިންގެ ފަރާތުން 24 މިލިއަން ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ.
Comment