28 އޮކްޓޯބަރު 2023 - 16:39 0
މުހައްމަދު އުޝާމް
އެކްސިޑެންޓުވި ދޯންޏާއި ލޯންޗު: އިހަވަންދޫ ކައިރީ ހިނގި ކަނޑުމަތީ އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ - ފޮޓޯ: އެމްޓީސީސީ
28 އޮކްޓޯބަރު 2023 - 16:39 0
ހއ. އިހަވަންދޫ ކައިރީ ދަތުރުކުރަމުން ދިޔަ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ އެވެ.
މަރުވީ އިހަވަންދޫ ނަޔާޑޭޒީގޭ، އަބްދުއްރަޝީދު މުހައްމަދެވެ. އުމުރުން 68 އަހަރުގެ މީހާ މަރުވީ އިހަވަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ.
އިހަވަންދޫ ކައުންސިލްގެ މެންބަރު ރިލްވާން "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގީ މިއަދު އިރާކޮޅު ކަމަށެވެ.
އެކްސިޑެންޓުވި ދޯންޏަކީ އިހަވަންދޫ ދޯންޏެވެ. އަދި ލޯންޗަކީ ހދ. ނާވައިދޫ އުޅަނދެކެވެ.
މި ހާދިސާގައި މަރުވި މީހާއަކީ ދޯނީގައި އުޅުނު މީހެކެވެ. ލޯންޗުގައި ތިބި ދެ މީހަކަށް ވެސް އަނިޔާ ލިބިގެން އިހަވަންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އެބަދެ އެވެ.
0.00%
80.00%
0.00%
20.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment