Advertisement

ލ. ހިތަދޫގެ ކުޅި ކައިރީގައި ހުރި ރުށްތަކަކަށް ބަޔަކު ގެއްލުން ދީފި

24 އޮކްޓޯބަރު 2023 - 11:24 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ލ. ހިތަދޫގެ ކުޅި ސަރަހައްދުގައި ހުރި ރުށްތަކަށް ގެއްލުންދީފަ : އެ ސަރަހައްދުގައި ހުރި އަށް ރުކެއް ވަނީ ބުރިކޮށްލާފަ - ފޮޓޯ: ޓުވިޓާ


ލ. ހިތަދޫގެ ކުޅި ކައިރީގައި ހުރި ރުށްތަކަކަށް ބަޔަކު ގެއްލުން ދީފި

24 އޮކްޓޯބަރު 2023 - 11:24 0

ލ. ހިތަދޫގައި އޮންނަ މަޝްއޫރު ލޮނުފެން ކުޅި ސަރަހައްދުގައި ހުރި ރުށްތަކަކަށް ބަޔަކު ގެއްލުންދީ ބައެއް ރުށްތައް ކަނޑާލައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުން، ގިނަ ރުށްތަކަށް ހުރީ ކަރަންޓު ކީހެއްފަދަ އާލާތެއް ބޭނުންކޮށްގެން ވަރަށް ބޮޑަށް ގެއްލުންދީ ބުރި ކޮށްފަ އެވެ.

ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަމްއޫން "އަދަދު" އަށް ވިދާޅުވީ، ގެއްލުންދީފައިވަނީ އެ ރަށު ރައްޔިތުންގެ ރުށްތަކަކަށް ކަމަށާއި އެ މައްސަލަ ބަލަން އިއްޔެ އެ ރަށަށް ފުލުހުންގެ ޓީމެއް ގޮސްފައިވާ ކަމަށެވެ. ކަނޑާލާފައިވާ ރުށްތަކުގެ އަދަދު އަށަކަށްވުރެ އިތުރެވެ.

އަދި، މިފަދަ ގެއްލުމެއް ދޭން ޖެހޭ ވަރުގެ ދެބަސްވުމެއް އަދި ހަމަނުޖެހުމެއް ރަށުތެރޭގައި ހިނގާފައިނުވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ. ގެއްލުންދިން ސަރަހައްދަކީ އެ ރަށުގެ ޖަމްއިއްޔާއަކުން، ކައުންސިލްގެ ހުއްދައާއެކު ހޮޅުއަށި އަދި ޖޯލިިފަތި ފަދަ ތަކެތި ޖަހާފައިވާ ސަރަހައްދެކެވެ.

ހިތަދޫ ކުޅީގައި ހިންގާ 'އެޑްވެންޗާ' އެކްޓިވިޓީތަކުގެ ތެރެއިން - ފޮޓޯ: ފޭސްބުކް


"އެއްވެސް ބަޔަކަށް ތުހުމަތެއް ކުރަނީކީއެއް ނޫން، އެކަމު ހިތަދޫ ކުޅީގައި އަޅުގަނޑުމެން ހިންގަމުން މިދާ 'ހިތަދޫ މެންގްރޫވް އެޑްވެންޗާ' ވަރަށް ބޮޑަށް ވަނީ ޕްރޮމޯޓުވެފަ، އިންވެސްޓަރުންގެ ފޯކަސްވެސް ލިބެމުންދަނީ، ވެދާނެ އެއީ ކަމަށް ގެއްލުންދިން ސަބަބަކީ، އެކަން ކުރާ ސަރަހައްދަށް ގެއްލުން ދިނީ"

އޭނާ ފާހަގަކުރެއްވީ ހިތަދޫގެ މީހަކު އެފަދަ ކަމެއް ކުރާނެ ކަމަށް ގަބޫލުކުރަން ދަތި ކަމެވެ. "ރަށު މީހެއްނަމަ ރަށުވަންތަ ލޯބި އެއްވެސް ވަރަކަށް ނެތީ" އޭނާ އިތުރަށް ވިދާޅުވި އެވެ.