Advertisement

ކަސްޓަމްސް، އެމްޕީއެލް، ވެމްކޯ އަދި އެމްޑަބްލިއުއެސްސީ ސެމީ ފައިނަލަށް

22 އޮކްޓޯބަރު 2023 - 14:53 1

އިންޓަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އެމްޕީއެލްއާ މޯލްޑިވް ގޭސް ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް


ކަސްޓަމްސް، އެމްޕީއެލް، ވެމްކޯ އަދި އެމްޑަބްލިއުއެސްސީ ސެމީ ފައިނަލަށް

22 އޮކްޓޯބަރު 2023 - 14:53 1

މިހާރު ކުރިއަށްދާ ހަތް ވަނަ އިންޓަ އޮފީސް/ކޮންޕެނީ ހޭންޑްބޯލް ޗެމްޕިއަންޝިޕް 2023ގެ ދެވަނަ ޑިވިޝަންގެ އަންހެން ބައިގެ ސެމީ ފައިނަލުން ކަސްޓަމްސް، އެމްޕީއެލް، ވެމްކޯ އަދި އެމްޑަބްލިއުއެސްސީ ޖާގަ ހޯދައިފިއެވެ.

ޖުމްލަ އެކު، 26 ޓީމާ އެކު މިދިޔަ މަހުގެ 15 ވަނަ ދުވަހު ފެށި ފޯރިގަދަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ އަންހެން ބައިގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ކަސްޓަމާއި އެމްޕީއެލް އެވެ. ދެވަނަ މެޗުގައި ވެމްކޯ ނުކުންނާނީ އެމްޑަބްލިއުއެސްސީއާ ދެކޮޅަށެވެ.

ކަސްޓަމްސް ސެމީގެ ޖާގައެއް ހޯދީ ކުއާޓާ ފައިނަލުގައި 09-28 އިން ސީއާރްސީ ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަސްޓަސްގެ ފާތިމަތު ލީމް ބިންތި ޔާސިރު އެވެ.

އެމްޕީއެލުން ކުއާޓާ ފައިނަލުގައި ނުކުތީ މޯލްޑިވް ގޭސް ކްލަބާ ދެކޮޅަށެވެ. މި މެޗު އެޓީމުން ކާމިޔާބުކުރީ 05-32 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އެމްޕީއެލްގެ ފާތިމަތު ނިއުޝާ އެވެ.

ކުއާޓާ ފައިނަލް ތިންވަނަ މެޗު ފެނުނީ ފޯރިގަދަކޮށެވެ. ވާދަވެރި އަދި ފޯރިގަދަ ކުޅުމަކަށްފަހު އެމްޑަބްލިއުއެސްސީ އިން ވަނީ 08-09 އިން އެމްއެމްއޭ ބަލިކޮށްފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ އެމްއެމްއޭގެ އާމިނަތު ރައުފާ އެވެ.

ކުއާޓާގެ ފަހު މެޗުގައި ކޮމާޝަލް ބޭންކް އަތުން 12-24 އިން ވެމްކޯ ވަނީ މޮޅުވެފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ ޝިޒްނާ ރަޝީދު އެވެ.

އިންޓަ އޮފީސް/ކޮންޕެނީ ހޭންޑްބޯލް ޗެމްޕިއަންޝިޕް 2023ގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގެ ފައިނަލުން ޖާގަ ހޯދީ އެމްޕީއެލް އާއި ވެމްކޯ އެވެ. ދެ ވަނަ ޑިވިޝަންގެ ފިރިހެން ބައިގެ ފައިނަލުން ޖާގަ ހޯދީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެމްޑަބްލިއުއެސްސީ އެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެން ބަޔަށް ބަލާއިރު ފައިނަލުގައި ވާދަކުރާނީ އައިޖީއެމްއެޗާއި މޯލްޑިވްސް އިމިގްރޭޝަން އެވެ.