Advertisement

ހިޔަލަ ހޭންޑްބޯޅަ މުބާރާތް: ފިޓް ފެމިނިން އާއި ވެމްކޯ ފެށީ މޮޅަކުން

14 ނޮވެންބަރު 2025 - 14:20 0


ހިޔަލަ ހޭންޑްބޯޅަ މުބާރާތް: ފިޓް ފެމިނިން އާއި ވެމްކޯ ފެށީ މޮޅަކުން

14 ނޮވެންބަރު 2025 - 14:20 0

ތިނަދޫ ސިޓީގައި ކުރިއަށްދާ ހިޔަލަ ހޭންޑްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުތައް ފިޓް ފެމިނިން އާއި ވެމްކޯއިން ކާމިޔާބުކޮށްފި އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ފިޓް ފެމިނިން ނުކުތީ ކްލަބް ދަނޑެކޮޑިއަންސްއާ ދެކޮޅަށެވެ. މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 40-15 އިންނެވެ. މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އެ ޓީމުގެ ހަދީޖާ އަހްމަދު އެވެ.

ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުން ވެމްކޯ މޮޅުވީ ފަޔާ ސްޓޯމްއާ ވާދަކޮށް 29-25 އިންނެވެ. ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި މޮޅު ކުޅުންތެރިޔަކީޯ ވެމްކޯގެ މުހައްމަދު އައްފާން އާތިފް އެވެ.

މި މުބާރާތުގައި މިރޭ ދެ މެޗު ކުޅޭނެ އެވެ. އަންހެން ޑިވިޝަނުގެ މެޗުގައި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޓީމު ނުކުންނާނީ ސިޓީ ސްޓާސްއާ ދެކޮޅަށެވެ. ފިރިހެން ޑިވިޝަނުގައި ކުޅޭނީ ފަޔާ ސްޓޯމް އާއި ސްކޯޕިއަންސް އެވެ.

މިއީ ހަވަރު ސްޕޯޓްސް އާއި ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ބާއްވާ މުބާރާތެކެވެ.