Advertisement

އެއާޕޯޓުގައި ސިލިންޑަރެއް ގޮވައިގެން ޒަހަމްވި މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދަނީ

21 އޮކްޓޯބަރު 2023 - 11:35 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ކުޅުދުއްފުށީ އެއާޕޯޓުގައި ގޮވި ކަމަށް ބެލެވޭ ގޭސް ސިލިންޑަރު. މި ހާދިސާގައި އަނިޔާވީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރާ މީހުންނަށް --- ފޮޓޯ: އެމްއެންޑީއެފް


އެއާޕޯޓުގައި ސިލިންޑަރެއް ގޮވައިގެން ޒަހަމްވި މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދަނީ

21 އޮކްޓޯބަރު 2023 - 11:35 0

މިދިޔަ ބުރާސްފަތި ދުވަހު ހދ. ކުޅުދުއްފުށީ އެއާޕޯޓުގައި ސިލިންޑަރެއް ގޮވައިގެން ޒަހަމްވި މީހާ އިތުރު ފަރުވާއަށް ބޭރަށް ގެންދަން ނިންމައިފި އެވެ.

އަނިޔާވި މީހާގެ އާއިލާއިން މި ނޫހާ ވާހަކަ ދައްކަމުން ބުނީ އޭނާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިއުމަށްޓަކާ ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އެގޮތުން އަނިޔާވެފައިވާ ތަނުގެ ޖަރާސީމް ސާފުކޮށް ޕްރޮޓެކްޓު ކުރުމުގެ ޕްރޮސީޖާއެއް މިއަދު ހެނދުނު ވެސް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

އާއިލާއިން ހިއްސާކުރި ގޮތުގައި ޒަހަމްވެފައި ވަނީ އޭނާގެ ކަނާތުގެ އުޅަބޮށި މަތިންނެވެ. އެ އަތް ވަރަށް ބޮޑަށް ޒަހަމްވެފައިވީ ނަމަވެސް އިނގިލިތައް ހަރަކާތްކުރެވޭ ކަމަށާއި، އެހެން ކަމުން އަތް ރަނގަޅުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް އާއިލާއިން ބުންޏެވެ.

ފުލުހުން ބުނި ބުރާސްފަތި ދުވަހު މެންދުރު 11:45 ހާއިރު ރިޕޯޓު ކުރި މި ހާދިސާ ހިނގަން މެދުވެރިވީ އެއާޕޯޓުގެ ފަޔާ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރީފިލް ކުރުމުގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބުނީ ކުޅުދުއްފުށީ އެއާޕޯޓުގެ ފަޔަރުގައި މަސައްކަތް ކުރާ ހަތަރު މުވައްޒަފަކަށެވެ.

މާލެ ގެނައީ އޭގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބިގެން، އެ ހާދިސާ ހިނގި ވަގުތުން ފެށިގެން، ކުއްލި ފަރުވާ ދެމުން އަންނަ މީހާ އެވެ.