19 އޮކްޓޯބަރު 2023 - 23:02 0
19 އޮކްޓޯބަރު 2023 - 23:02 0
ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ހިދުމަތް ދޭ ބައެއް ރަށްތަކުގެ ތެޔޮ ޓޭންކު އާކުރުމުގެ މަޝްރޫއު ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކުންފުންޏަށް އަންގައިފި އެވެ.
ބައެއް ރަށްތަކުގެ އިންޖީނުގެ ތަކުގެ ތެޔޮ ޓޭންކު އާ ކުރުމުގެ މަސައްކަތް ހަވާލުކުރަމުންދާކަން ފެންމަތިވީ، ރިޔާސީ އިންތިހާބަށް ފަހު، ދާދި ފަހުންނެވެ.
އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވާއިރު، އެކަމުގައި ހިނގާފައިވާ ގޮތް ބަލައި، ވަކި އެއްޗެއް އަންގަންދެން މަޝްރޫއުގެ އެންމެހާ މަސައްކަތް ހުއްޓާލަން އެ ކޮމިޝަނުން އިއްޔެ ފެނަކައަށް ވަނީ އަންގައިފަ އެވެ. އެކަން އޭސީސީން ކަށަވަރުކޮށް ދިނެވެ.
އެ މަޝްރޫއުއާ ގުޅޭ ގޮތުން ފެނަކައިގެ ރަސްމީ ބަހެއް ނުލިބެ އެވެ.
އެ ކޮމިޝަންގެ އޮފިޝަލަކު ބުނީ އެ ތެޔޮ ޓޭންކު ތަކަކީ ކުރިން ފެށިގެން ރޭވިފައިވާ މަޝްރޫއެއް ކަމަށާއި އާކުރަން ރާވާފައިވަނީ ބާވެފައިވާ ޓޭންކުތައް ކަމަށެވެ.
މަޝްރޫއުގެ އަގެއް ފެނަކައިން ހާމައެއް ނުކުރެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment