Advertisement

އެމްއެޗްއޭ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

20 އޮކްޓޯބަރު 2023 - 08:22 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ހުޅުމާލޭގައި ހުޅުވި އެމްއެޗްއޭ ފިހާރަ. މި ފިހާރަ ހުންނާނީ ރެއިންކްރެސްޓް އިމާރާތުގައި --- ފޮޓޯ: އެމްއެޗްއޭ


އެމްއެޗްއޭ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

20 އޮކްޓޯބަރު 2023 - 08:22 0

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ އެމްއެޗްއޭ އިން ހުޅުމާލޭގައި އާ ފިހާރައެއް ހުޅުވައިފި އެވެ.

މި ފިހާރަ ހުންނަނީ ރެއިންކްރެސްޓް ރެސިޑެންޓްގެ ގްރައުންޑް ފްލޯގަ އެވެ. އެމްއެޗްއޭ އިން ރާއްޖެއަށް އެތެރެކޮށް ވިއްކާ މުދަލާއި މާލޭގެ ފިހާރަތަކުން ވިއްކާ ހުރިހާ ސާމާނެއް މި ފިހާރައިން ލިބެން ހުރެ އެވެ.

އެމްއެޗްއޭ އިން ބުނީ އެކުންފުނީގެ އިތުރު ފިހާރައެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް ހުޅުވަން ޕްލޭންކޮށްފައިވާ ކަމަށެވެ. އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެ ފިހާރަ ހުޅުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހުޅުމާލޭގައި ހުޅުވި އެމްއެޗްއޭ މާޓް ފިހާރަ، މި ފިހާރަ ހުންނާނީ ރެއިންކްރެސްޓް އިމާރާތުގައި --- ފޮޓޯ: އެމްއެޗްއޭ


އެމްއެޗްއޭ އިން ބުނިގޮތުގައި ހުޅުމާލޭގައި އަލަށް ހުޅުވި ފިހާރައިން ވިޔަފާރިކުރާ ފަރާތްތަކަށްވެސް އެ ކުންފުނީގެ ލޯޔަލްޓީ ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ.

އެމްއެޗްއޭ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިމްޕޯޓުކޮށް ހޯލްސޭލް ވިޔަފާރި ކުރާ އެއް ކުންފުންޏެވެ. އެ ކުންފުނީގެ ދަށުން މާލޭގައިވެސް ރީޓެއިލް ދެ ފިހާރައެއް ހިންގަ އެވެ. އެއް ފިހާރަ ހުންނަނީ އަރަބިއްޔާ ފްލެޓްތައް ހުންނަ މާލެ ގްރޭންޑް ސަރަހައްދުގަ އެވެ. އަނެއް ފިހާރަ ހުންނަނީ ފަރީދީ މަގާއި އާބުރުޒު ހިނގުން މަގުގެ ކަންމައްޗަށްވާ ގޮތަކަށެވެ.