Advertisement

އޮފީސް ހޭންޑްބޯޅަ މުބާރާތް: އެމްޕީއެލް އާއި ވެމްކޯ ފައިނަލަށް

18 އޮކްޓޯބަރު 2023 - 15:36 0

އިންޓަ އޮފީސް/ކޮންޕެނީ ހޭންޑްބޯލް ޗެމްޕިއަންޝިޕް 2023ގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގެ މެޗެއްގެ ތެރެއިން - ފޮޓޯ: ހޭންޑްބޯލް މޯލްޑިވްސް


އޮފީސް ހޭންޑްބޯޅަ މުބާރާތް: އެމްޕީއެލް އާއި ވެމްކޯ ފައިނަލަށް

18 އޮކްޓޯބަރު 2023 - 15:36 0

ހަ ވަނަ އިންޓަ އޮފީސް/ކޮންޕެނީ ހޭންޑްބޯލް ޗެމްޕިއަންޝިޕް 2023ގެ ދެ ޑިވިޝަންގެ ފިރިހެން ބައިގެ ފައިނަލުގައި ވާދަކުރާ ޓީމްތައް ކަށަވަރުވެއްޖެ އެވެ.

ޖުމްލަ އެކު، 26 ޓީމާ އެކު މިދިޔަ މަހުގެ 15 ވަނަ ދުވަހު ފެށި ފޯރިގަދަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގެ ފައިނަލުން ޖާގަ ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އެވެ.

އެމްޕީއެލް އިން ވަނީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށްފަ އެވެ. ލީގު ބުރުގައި ވެމްކޯ ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ. ދެ މެޗުގައި ވެސް އެ ޓީމު ބަލިވީ އެމްޕީއެލް އަތުންނެވެ.

ދެ ވަނަ ޑިވިޝަންގެ ފިރިހެން ބައިގެ ފައިނަލުން ޖާގަ ހޯދީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި އެމްޑަބްލިއުއެސްސީ އެވެ. ލީގު ބުރުގައި އެމްއޭސީއެލް ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް އެއް މެޗު އެއްވަރުކޮށް 10 ޕޮއިންޓް ހޯދައިފަ އެވެ.

އެމްޑަބްލިއުއެސްސީ ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް އެއް މެޗުން ބަލިވެ ހަތް ޕޮއިންޓް ހޯދާފަ އެވެ.

ލީގު ބުރުގައި އެމްއޭސީއެލްއާ އެމްޑަބްލިއުއެސްސީ ވާދަކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މުބާރާތުގެ އަންހެން ޑިވިޝަނަށް ބަލާއިރު، ފުރަތަމަ ޑިވިޝަންގެ އަންހެން ބައިގެ ފައިނަލްގައި ވާޑަކުރާނީ އައިޖީއެމްއެޗާއި މިނިސްޓްރީ އޮފް އިމިގްރޭޝަން އެވެ. އިމިގްރޭޝަން ވަނީ ލީގު ބުރުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފަ އެވެ. އައިޖީއެމްއެޗް ވަނީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފަ އެވެ.

އެންމެ ފޯރިގަދަކޮށްދާ ދެ ވަނަ ޑިވިޝަންގެ އަންހެން ބަޔަށް ބަލާއިރު، ކުއާޓާ ފައިނަލުގައި ވާދަކުރާ ޓީމްތައް މިހާރުވަނީ ކަށަވަރުވެފަ އެވެ. އެ ގޮތުން، 20 ޓީމް ވާދަކުރަ މި ބައިގެ ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ އެމްޕީއެލް އާއި މޯލްޑިވް ގޭސް އެވެ.

ކުއާޓާ ފައިނަލް ދެ ވަނަ މެޗުގައި މޯލްޑިވްސް ކަސްޓަމްސް ނުކުންނާނީ ސީއާރުސީއާ ދެކޮޅަށެވެ. ތިން ވަނަ ކުއާޓާގައި އެމްޑަބްލިއުއެސްސީ އާއި އެމްއެމްއޭ ވާދަކުރާއިރު، ގަދަ އަށް ޓީމުގެ މި ބުރުގެ ފަހު މެޗުގައި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) ނުކުންނާނީ ވެމްކޯއާ ދެކޮޅަށެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ މާދަމާ އެވެ. ފުރަތަމަ ޑިވިޝަންގެ ފައިނަލް މެޗުތައް އާދިއްތަ ދުވަހު ކުޅޭއިރު، ދެވަނަ ޑިވިޝަންގެ ފައިނަލް މެޗުތައް ކުޅޭނީ ހޯމަ ދުވަހު އެވެ.