Advertisement

އާރްޓީއެލް ފެރީ ޓިކެޓަށް ވެސް ކާޑުން ފައިސާ ދެއްކޭ ގޮތް ހަދައިފި

16 އޮކްޓޯބަރު 2023 - 06:23 1

މަރިޔަމް އަފާ ނިޒާމް

މ

Advertisement

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އައު ހިދުމަތް ތައާރަފުކޮށްދެއްވަނީ. އާރުޓީއެލްގެ ބަސްތަކަށް ވެސް ކާޑުން ފައިސާ ދެއްކޭނެ ގޮތް ވަނީ ހަމަޖައްސާފައި. -- ފޮޓޯ: އިޔާން/އަދަދު


އާރްޓީއެލް ފެރީ ޓިކެޓަށް ވެސް ކާޑުން ފައިސާ ދެއްކޭ ގޮތް ހަދައިފި

16 އޮކްޓޯބަރު 2023 - 06:23 1

Advertisement

Advertisement

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީތަކަށް ވިސާ އަދި މާސްޓާކާޑުން ފައިސާ ދެއްކޭނެ އިންތިޒާމު އެމްޓީސީސީން މިއަދު ހަމަޖައްސައިފި އެވެ.

މިއަދު މާފަންނު ވިލިމާލެ ފެރީ ޓާމިނަލުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފުކޮށްދެއްވީ އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމް އެވެ.

Advertisement

މިހާތަނަށް ހަމައެނަކި އާރްޓީއެލް ބަސްތަކުގައި ދެމުން ދިޔަ މި ހިދުމަތަކީ ފެރީތަކުން ދަތުރުކުރާ ކަސްޓަމަރުން ވަރަށް ބޮޑަށް ބޭނުންވެފައި ތިބި ހިދުމަތެއްކަން ފާހަގަކުރެވުނު ކަމަށް އެތަނުގައި ހުންނަވައި އާޒިމް ވިދާޅުވި އެވެ.

އެގޮތުން ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ. ދިއްދޫ، ލ. ގަން، ލ. ފޮނަދޫ، ލ. އިސްދޫ/ކަލައިދޫ އަދި ފުވައްމުލަށް ސިޓީގައި ވެސް ވިސާ ނުވަތަ މާސްޓާ ކާޑް ބޭނުންކޮށްގެން ފެރީ ޓިކެޓަށް ފައިސާދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އާޒިމް ވިދާޅުވި އެވެ.

"ވިސާ، މާސްޓާކާޑެއް އޮތްނަމަ ވިލިމާލެ ސަރަހަދަށް ދަތުރުކުރެވޭނެ، ގުޅިފަޅަށް ކުރެވޭނެ، ހަމަ އެގޮތަށް ތިލަފުއްޓަށް ވެސް ކުރެވޭނެ. އަދި ހަމަ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހަމަ ލ. ގަ ވެސް ކާޑު ޖައްސާލާފަ ދަތުރުކުރެވޭނެ،" އާޒިމް ފާހަގަކުރެއްވި އެވެ.

Advertisement

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: އިޔާން/އަދަދު


ވިސާ ކާޑު އަދި މާސްޓާ ކާޑުގެ އިތުރުން އާރްޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ވެސް ފެރީ ޓިކެޓް ނެގޭނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެ އެވެ. އަދި, އާރްޓީއެލް އެޕަށް އިތުރުކުރި އައު ފީޗާތަކާއެކު ފެރީ ޓިކެޓުގެ ތާރީހު ބަދަލުކޮށްލައި، ރީފަންޑް ހޯދަން ކަސްޓަމަރުންނަށް ފަސޭހަވެގެން ދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

އޭގެ އިތުރުން އެމްޓީސީސީން ބުނީ ކިއުއާރް ކޯޑް ސްކޭން ކޮށްލައިގެން ޓިކެޓް ބޭނުންކުރެވޭ ފީޗާއެއް ވެސް އާރްޓީއެލް އެޕަށް އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި އެޕް އަޕްޑޭޓް ކޮށްލުމާއެކު ހުރިހާ ކަސްޓަމަރުންނަށް ވެސް އައު ފީޗާތައް ތަޖުރިބާކޮށްލެވޭނެ އެވެ.

އާރްޓިއެލް ފެރީގެ ހިދުމަތް މިހާރު ފަށާފައި ވަނީ އެންމެ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ދެކުނުން ގއ. އަތޮޅާއި، ގދ. އަތޮޅުގެ އިތުރުން ފުވައްމުލައް އަދި އައްޑު ސިޓީގަ އެވެ.