Advertisement

ބާމިންގްހަމްގެ ކޯޗަކަށް ރޫނީ

12 އޮކްޓޯބަރު 2023 - 09:51 0


ބާމިންގްހަމްގެ ކޯޗަކަށް ރޫނީ

12 އޮކްޓޯބަރު 2023 - 09:51 0

ލަންޑަން (އޮކްޓޫބަރު 11) - އީއެފްއެލް ޗެމްޕިއަންޝިޕް (އިނގިރޭސި ދެ ވަނަ ޑިވިޝަން)ގައި ވާދަކުރާ ބާމިންގްހަމް ސިޓީގެ ކޯޗަކަށް އިންގްލެންޑާއި މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ ހަމަޖައްސައިފި އެވެ.

ރޫނީ ވަނީ އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް)ގައި ވާދަކުރާ ޑީސީ ޔުނައިޓަޑްގެ ކޯޗުކަން ހުސްވި ހަފުތާގައި ދޫކޮށްލައިފައެވެ.

ބާމިންގްހަމްގެ ޖޯން އުސްޓާސޭގެ ވަކިކޮށް، ރޫނީ އެ މަގާމަށް ހަމަޖެއްސީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރޫނީ ،37، އިރުޝާދުގެ ދަށުން ބާމިންގްހަމްގެ އުންމީދަކަށް ވާނީ ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމެވެ.

"މި ކްލަބުގައި ޕްލޭނެއް އެބައޮތް. ކްލަބުގެ އެއްބާރުލުމާއެކު، އަމާޒުތަކަށް ވާސިލްވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރާނަން،" ރޫނީ ބުންޏެވެ.

ރޫނީއާ އެކު، އިންގްލެންޑްގެ ކުރީގެ ޑިފެންޑަރު އޭޝްލީ ކޯލް އާއި މެންޗެސްޓާ ޔުނައިޓަޑްގެ ކުރީގެ ޑިފެންޑަރު ޖޯން އޮޝޭއާ ވެސް ބާމިންގްހަމްގެ ކޯޗިން ޓީމާ ގުޅޭނެ އެވެ.

ޑީސީ ޔުނައިޓަޑްގެ ކޯޗުކަމުން ރޫނީ ދުރަށް ދިޔައީ އޭނާގެ އިރުޝާދުގެ ދަށުން އެ ކްލަބަށް އެމް.އެލް.އެސްގެ ޕްލޭ އޮފްގެ ޖާގައެއް ނުލިބުމުންނެވެ. މީގެ ކުރިން ރޫނީ ވަނީ ޗެމްޕިއަންޝިޕްގެ ޑާބީ ކައުންޓީގެ ކޯޗުގެ މަގާމު އަދާކޮށްފަ އެވެ. އެ ކްލަބް ދޫކޮށްލަން ޖެހުނީ މާލީ ގޮތުން ޓީމު އަޑިއަޅާލައި، އިތުރަށް ކުރިއަށްދާން ކުރި މަސައްކަތުގައި ވެސް އަލިމަގެއް ނުފެނުމުންނެވެ.