Advertisement

ސުޕްރީމް ކޯޓުގެ އެސްޖީ ކަމުން ފާއިޒު ވަކިކުރީ ގޯސްކޮށް: ވަޒީފާއާ ބެހޭ ޓްރައިބިއުނަލް

9 އޮކްޓޯބަރު 2023 - 15:18 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ސުޕްރީމް ކޯޓުގެ އެސްޖީ ކަމުގައި ހުންނެވި ޑރ. ހުސެއިން ފާއިޒު: އޭނާ މަގާމުން ވަކި ކުރީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލުން ވަނީ ނިންމާފައި


ސުޕްރީމް ކޯޓުގެ އެސްޖީ ކަމުން ފާއިޒު ވަކިކުރީ ގޯސްކޮށް: ވަޒީފާއާ ބެހޭ ޓްރައިބިއުނަލް

9 އޮކްޓޯބަރު 2023 - 15:18 0

ފަނޑިޔާރުންނަށް ފާރަލިކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން ޑރ. ހުސެއިން ފާއިޒު ވަކި ކުރީ ގާނޫނާ ހިލާފަށް ކަމަށް މިއަދު ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލިކަމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފާއިޒު ވަޒީފާއިން ވަކި ކުރީ ސަސްޕެންޝަނުގައި ހަތް މަސް ބެހެއްޓުމަށްފަހު އެވެ. އެ މައްސަލައިގައި އޭނާ ވަނީ ވަޒީފާއިން ވަކިިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިދޭން އެދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅައިފަ އެވެ.

ފާއިޒު މިއަދު "އަދަދު"އަށް ވިދާޅުވީ ވަނީ އެކަމާ ގުޅިގެން އޭނާ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އެ ޓްރައިބިއުނަލުން މިއަދު ނިންމާފައި ވަނީ އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއާ ބެހޭ ގާނޫނާއި ވަޒީފާގެ ކޮންޓްރެކްޓާ ހިލާފަށް ކަމަށެވެ.

އެެހެންވެ، އޭނާއަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ދިނުމަށް ވެސް އެ ޓްރައިބިއުނަލުން ނިންމާފައިވާ ކަމަށް ފާއިޒު ވިދާޅުވި އެވެ.

ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އަލުން ސެކެޓްރީ ޖެނެރަލްގެ ވަޒީފާ އިއާދަކޮށްދިނުމަށް ފާއިޒު އެދިފައި ނުވެ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މިދިޔަ އަހަރުގެ މާޗު 31ގައި ފާއިޒު ސަސްޕެންޑު ކުރީ ސުޕްރީމް ކޯޓުގެ ސެކިއުރިޓީ އޮޑިޓަކުން ފާހަގަވި މައްސަލަތަކަކާ ގުޅިގެންނެވެ.

ޑީޖޭއޭއިން މިދިޔަ އަހަރުގެ ނޮވެމްބަރު 2ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފާއިޒު ވަޒީފާއިން ވަކިކުރީ ސުޕްރީމް ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކޮށްގެން އޭނާ ހުންނެވި ކޮޓަރިއަށް ކެމެރާގެ ފީޑް ލިބޭ ގޮތް ހަދައި ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލާފައިވާތީ ކަމަށެވެ.