Advertisement

އިތުރު ދައުރަކަށް ނަޝާތު އީސީއަށް އައްޔަން ކުރުމާ މެދު އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

9 އޮކްޓޯބަރު 2023 - 14:25 2

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު


އިތުރު ދައުރަކަށް ނަޝާތު އީސީއަށް އައްޔަން ކުރުމާ މެދު އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފި

9 އޮކްޓޯބަރު 2023 - 14:25 2

ލެކްޝަންސް ކޮމިޝަން (އީސީ) މެމްބަރު ކަމަށް އިތުރު ދައުރަކަށް އަލީ ނަޝާތު އައްޔަން ކުރުމާ މެދު އާންމުންގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.

ނަޝާތުގެ ދައުރު ހަމަވާތީ އޭނާ އިތުރު ދައުރަކަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މެއި 29، ގައި ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ. އެކަމަކު، އެ މައްސަލައަށް ގޮތެއް ނުނިންމާ ޖޫން 22ގައި މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފަ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނެއްގައި ވަނީ ނިޝާތު އިތުރު ދައުރަކަށް އީސީއަށް އައްޔަން ކުރުމާ މެދު އާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށް މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

އޭނާއާ މެދު އެއްވެސް ޝަކުވާއެއް ވާ ނަމަ މި މަހުގެ 10 ވަނަ ދުވަހުގެ 14:00ގެ ކުރިން ޝަކުވާ ހުށަހަޅާ ފަރާތުގެ ނަމާއި ދާއިމީ އެޑްރެހާއި ފޯނު ނަމްބަރު އެނގޭނެ ގޮތަށް ލިޔުމުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެދިފައިވެ އެވެ.

އިތުރު ދައުރަކަށް ނަޝާތު އައްޔަން ކުރުމަށް އޭނާގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޖުލައި 25، 2018 ގައި އީސީއަށް އައްޔަން ކުރި ނަޝާތުގެ ދައުރު ހަމަވީ މި އަހަރުގެ ޖުލައި 25ގަ އެވެ.