Advertisement

ފަސްޓްލޭޑީ ފަޒްނާ އާއި އިންތިހާބީ ރައީސްގެ އަނބިކަނބަލުން ސާޖިދާ ބައްދަލު ކުރައްވައިފި

9 އޮކްޓޯބަރު 2023 - 12:09 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް


ފަސްޓްލޭޑީ ފަޒްނާ އާއި އިންތިހާބީ ރައީސްގެ އަނބިކަނބަލުން ސާޖިދާ ބައްދަލު ކުރައްވައިފި

9 އޮކްޓޯބަރު 2023 - 12:09 1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ރަސްމީ 'އެކްސް' އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ފަޒްނާ އަދި ސާޖިދާ ބައްދަލުކުރައްވާފައި ވަނީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގައި ކަމަށެވެ.

މި ބައްދަލުވުމުގައި، ސެޕްޓެމްބަރު 30 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުއިއްޒު ހޯއްދެވި ކާމިޔާބީއާ ގުޅިގެން ސާޖިދާއަށް، ފަޒްނާ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. މިއީ ރައީސް އަދި އިންތިހާބީ ރައީސްގެ އަނބިކަނބަލުން އާންމުކޮށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ބައްދަލުވުމުގައި އިތުރަށް މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް ދައުލަތުން މިހާރު ހަމަޖައްސާފައިވާ ރަސްމީ ގެކޮޅަކީ މުލީއާގެ އެވެ. އެހެންނަމަވެސް އެކަން އޮންނަނީ އެއިރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅެއްގެ އިހުތިޔާރުގަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަކޮޅުގައި އެ މަނިކުފާނު އުޅުއްވީ އަމިއްލަ ގެކޮޅު، ގ. ދޫވެހި ގޭގަ އެވެ. އެއަށް ފަހު ރައީސްގެ ރަސްމީ ގެކޮޅަކަށް ހިލާލީގެ ހަމަޖައްސަވައި، އެ ގެކޮޅަށް ބަދަލުވެވަޑައިގަތެވެ.