Advertisement

އޭޝިއަން ގޭމްސް: މެޑަލް ތާވަލުގެ އެއް ވަނަ ޗައިނާ އަށް، އިންޑިއާ އަށް ރެކޯޑް ފަހަރެއް

9 އޮކްޓޯބަރު 2023 - 09:55 0


އޭޝިއަން ގޭމްސް: މެޑަލް ތާވަލުގެ އެއް ވަނަ ޗައިނާ އަށް، އިންޑިއާ އަށް ރެކޯޑް ފަހަރެއް

9 އޮކްޓޯބަރު 2023 - 09:55 0

ޗައިނާގެ ހަންގްޒޫގައި ނިމިގެންދިޔަ އޭޝިއަން ގޭމްސްގެ މެޑަލް ތާވަލުގެ ކުރި ޗައިނާ އިން ހޯދިއިރު، އިންޑިއާ އިން ވެސް ރެކޯޑް އަދަދަކަށް މެޑަލް ހާސިލްކޮށްފި އެވެ.

މިދިޔަ މަހު 23 އިން މި މަހު އަށް ވަނަ ދުވަހުގެ ނިޔަލަށް ހަންގްޒޫގައި ބޭއްވި އޭޝިއަން ގޭމްސްގައި ޗައިނާ އިން ވަނީ ޖުމްލަ އެކު، 383 މެޑަލް ހޯދައިފަ އެވެ. އެއީ 201 ރަން މެޑަލާއި 111 ރިހި މެޑަލްގެ އިތުރުން 71 ލޯ މެޑަލް އެވެ.

ދެ ވަނަ އަށް ދިޔަ ޖަޕާނުން ވަނީ 188 މެޑަލް ހޯދައިފަ އެވެ. ޖަޕާނުން 52 ރަން މެޑަލް ހޯދިއިރު، 67 ރިހި މެޑަލް އަދި 69 ލޯ މެޑަލް ހޯދި އެވެ. ތިން ވަނަ ހޯދި ދެކުނު ކޮރެއާ އިން ޖުމްލަ އެކު، 190 މެޑަލް ހޯދި ނަމަވެސް އެ ޓީމަށް ލިބުނީ 42 ރަން މެޑަލް އެވެ. އަދި 59 ރިހި މެޑަލް އަދި 89 ލޯ މެޑަލް ހާސިލްކޮށްފައިވެ އެވެ.

މިއީ ސަރަހައްދީ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގައި އިންޑިއާގެ އެންމެ ރެކޯޑް ރަނގަޅު ފަހަރެވެ. މެޑަލް ތާވަލުގައި އިންޑިއާ އޮތީ ހަތަރު ވަނައިގަ އެވެ. އެއީ 107 މެޑަލް ހޯދައިގެންނެވެ. އެ ގޮތުން، އިންޑިއާ އިން ވަނީ 28 ރަން މެޑަލާއި 38 ރިހި މެޑަލްގެ އިތުރުން 41 ލޯ މެޑަލް ހޯދައިފަ އެވެ.

ސަތޭކަ މެޑަލަށް ވުރެ އިތުރަށް މެޑަލް ހޯދުނު ހަތަރު ގައުމަކީ ޗައިނާ، ޖަޕާން، ދެކުނު ކޮރެއާ އަދި އިންޑިއާ އެވެ.

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭން ނުވަ ކުޅިވަރަކުން ވާދަކުރި އެވެ. އެއީ އެތުލެޓިކްސް (އަންހެން/ފިރިހެން)، ބެޑްމިންޓަން (އަންހެން/ފިރިހެން)، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ (އަންހެން/ފިރިހެން)، ބީޗްވޮލީބޯޅަ (ފިރިހެން)، ކްރިކެޓް (ފިިރިހެން)، އީ-ސްޕޯޓްސް، ޝޫޓިން (އަންހެން/ފިިރިހެން)، ސްވިމިން (އަންހެން/ފިިރިހެން) އަދި ޓޭބަލް ޓެނިސް (އަންހެން/ފިރިހެން) އެވެ.

ދުނިޔޭގެ އެންމެ ގައުމު ގިނަ ބައްރުގެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ، އޭޝިއަން ގޭމްސް އަކީ ރާއްޖޭން މެޑަލް ޓާގެޓްތަކެއް ކަނޑައަޅާ ގޭމްސްއެއް ނޫނެވެ. ރާއްޖޭގެ ސްވިމިން ޓީމާއި އެތުލެޓިކްސް ޓީމު އަދި ޝޫޓިން ޓީމުން ވަނީ ގައުމީ ރެކޯޑްތަކެއް ހަދައިފަ އެވެ.