Advertisement

ހަތަރު މަސް ތެރޭގައި ތިން ވަނަ ފަހަރަށް ފަސޫހާ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާކޮށްފި

3 އޮކްޓޯބަރު 2023 - 16:12 0

އޭޝިއަން ގޭމްސްގެ 800 މީޓަރު ދުވުމުގައި ފަސޫހާ ދުވަނީ - ފޮޓޯ: ނައުޝަމް ވަހީދު/އެމްއޯސީ


ހަތަރު މަސް ތެރޭގައި ތިން ވަނަ ފަހަރަށް ފަސޫހާ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާކޮށްފި

3 އޮކްޓޯބަރު 2023 - 16:12 0

ޗައިނާގެ ހަންގްޒޫގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި މިއަދު ވާދަކޮށް އަންހެނުންގެ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ފަސޫހާ އަހުމަދު އާކޮށްފި އެވެ.

އޭޝިއަން ގޭމްސްގައި ފަސޫހާ އާކުރި ރެކޯޑަކީ މިދިޔަ ހަތަރު މަހާއި ހަތް ދުވަސް ތެރޭގައި އޭނާ 800 މީޓަރުގެ ގައުމީ ރެކޯޑު ހެދި ތިން ވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ ޖޫން މަހު އޭނާ ވަނީ ދެ މިނިޓް 27.92 ސިކުންތުން ދުވެ 13 އަހަރުވީ ގައުމީ ރެކޯޑު މުގުރާލައިފަ އެވެ.

އޭގެ ފަހުން، މިދިޔަ ޖުލައި މަހު ކުރިއަށްދިޔަ ގައުމީ ޓީމްގެ ޓައިމް ޓްރަޔަލްގައި އޭނާ ވަނީ ދެ މިނެޓު 21.83 ސިކުންތުން ދުވެ ގައުމީ ރެކޯޑު އާކޮށްފަ އެވެ.

އޭޝިއަން ގޭމްސްގެ 800 މީޓަރު ދުވުމުގައި ފަސޫހާ ދުވަނީ - ފޮޓޯ: ނައުޝަމް ވަހީދު/އެމްއޯސީ


ޗައިނާގެ ހަންޒޫގައި ކުރިއަށްދާ އޭޝިއަން ގޭމްސްގައި މިއަދު ދުވެ ފަސޫހާ 800 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އަނެއްކާވެސް އާކުރީ ދެ މިނެޓު 20.66 ސިކުންތުން ރޭސް ނިންމައިގެންނެވެ.

އޭޝިއަން ގޭމްސްގައި ކުރިއަރަމުން އަންނަ ޒުވާން އެތުލީޓުން ރަނގަޅު ކުރިއެރުންތަކެއް ހޯދި އެވެ. އެ ގޮތުން މި ގޭމްސްގައި 200 މީޓަރު ދުވުމުގެ ޔޫތު ރެކޯޑު އަހުނާ ނިޒާރު އާކުރި އެވެ. އަދި 100 މީޓަރު ދުވުމުގައި ވާދަކޮށް، މުހައްމަދު މިންހާލް ޝާމިން (މިންކޮ)، ވަނީ ގައުމީ ޖޫނިއާ ރެކޯޑްވެސް ހަދައިފަ އެވެ.