Advertisement

ރޫނީ، ޑީސީ ޔުނައިޓެޑް ކޯޗުކަން ދޫކޮށްލަނީ

8 އޮކްޓޯބަރު 2023 - 17:29 0


ރޫނީ، ޑީސީ ޔުނައިޓެޑް ކޯޗުކަން ދޫކޮށްލަނީ

8 އޮކްޓޯބަރު 2023 - 17:29 0

ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޫބަރު 8) - ޕްލޭއޮފްސް އިން ޑީސީ ޔުނައިޓެޑަށް ޖާގަ ނުލިބުމުން އެ ޓީމުގެ ކޯޗުކަން ދޫކޮށްލަން ވޭން ރޫނީ ނިންމައިފި އެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް، ރޫނީ، 37، ކެރިއަރުގެ ފަހުކޮޅުގައި ކުޅުނު ކްލަބް ކަަމަށްވާ ޑީސީ ޔުނައިޓެޑާ ހަވާލުވީ މިދިޔަ އަހަރު ޖޫން މަހުގަ އެވެ.

ޖުމްލަ ގޮތެއްގައި ރޫނީގެ ކޯޗުކަމުގައި ޑީސީ ޔުނައިޓެޑުން ކޮންމެ ވެސް ވަރެއްގެ ކުރިއެރުމެއް ހޯދި ނަމަވެސް ޕްލޭއޮފަށް ދެވޭ ވަރުގެ ނަތީޖާތަކެއް ނުނެރެވުނެވެ. ޑީސީ ޔުނައިޓެޑަށް ރޫނީ ކޯޗުކޮށްދިން ފަހު މެޗުގައި އެ ޓީމުން ވަނީ 2-0 އިން ނިއު ޔޯކް ސިޓީ ބަލިކޮށްފަ އެވެ.

ޑީސީ ޔުނައިޓެޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޫނީއާ އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު، މިހާރު ނިންމާފައިވަނީ ދެ ފަރާތުގެ މެދުގައި ވެވިފައި އޮތް ކޮންޓްރެކްޓް ނިމުމަކަށް ގެނައުމަށް ކަމަށެވެ. ރޫނީ ކޮށްދިން ހިދުމަތަށް ޑީސީ ޔުނައިޓެޑުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ޑާބީ ކައުންޓީގެ ކޯޗަކަށް މަަަސައްކަތްކޮށްފައިވާ ރޫނީ ބުނީ މިއީ ކެރިއަރުގައި ބަދަލެއް ގެންނަން ޖެހޭ ވަގުތެއް ކަމަށާއި އޭނާ ދެން ހަވާލުވާނެ މަސައްކަތެއް އަދި ނުނިންމާ ކަމަށެވެ. އިނގިރޭސި އެކި މީޑިއާތަކުން ރޫނީ ދެން ހަވާލުވާނެ ޓީމެއްގެ ވާހަކަ ގެނެސްދެމުންދާއިރު، އޭނާ ބުނީ އަދި ވަކި ގޮތެއް ނުނިންމާ ކަމަށާއި ޔަގީނުން ވެސް އެނބުރި ދާނީ އިންގްލެންޑަށް ކަމަށެވެ.

އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ބައެއް ކްލަބްތަކުން އަންނަނީ ރޫނީ އަށް ކޯޗިން އޮފާ ހުށަހަޅަމުންނެވެ.