6 އޮކްޓޯބަރު 2023 - 17:00 0
އަހުމަދު އާއިދު
އއ. ފެރިދޫ : ފެރިދޫ ކައުންސިލުން އެ ރަށުގެ ގޭބިސީތަކަށް ފެން ސާފުކުރާ ނިޒާމު ފޯރުކޮށްދެނީ - ފޮޓޯ: އަދަދު
6 އޮކްޓޯބަރު 2023 - 17:00 0
އއ. ފެރިދޫ ކައުންސިލުން އެ ރަށުގެ ގޭބިސީތަކަށް ވޯޓާ ޕިއުރިފަޔާ ނުވަތަ ފެން ސާފުކުރާ މެޝިން ފޯރުކޮށްދިނުމަށް ނިންމާފައިވާކަން އެ ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.
ފެރިދޫ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއީ އެ އިދާރާއިން 2022 އިން 2026 އާ ހަމައަށް އެކުލަވާލާފައިވާ ތަރައްގީގެ ޕްލޭންގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށެވެ.
"ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދޭނެ އިންތިޒާމް ގާއިމުކުރުމަށްޓަކައި އއ. ފެރިދޫގެ ގޭބިސީތަކަކީ، ބުއިމަށް ބޭނުންކުރާ ފެން، ޕިއުރިފައި ފިލްޓާ ސިސްޓަމް ބޭނުންކޮށްގެން ސާފުކޮށްފައިވާ ފެން ބޭނުންކުރާ ގޭބިސީތަކަކަށް ހެދުމަށް ވަނީ ކަނޑައެޅިފައި،" އެ އިއުލާނުގައި ބުނެފައިވެ އެވެ.
ފެރިދޫ ކައުންސިލަށް ބޭނުންވާ 100 ވޯޓާ ޕިޔުރިފަޔާ ފޯރުކޮށްދީ އެ ރަށުގެ ގޭބިސީތަކުގައި ހަރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 16 ގެ މެންދުރުފަހު 1:30 ގެ ކުރިން ރެޖިސްޓްރޭޝަން ޝީޓު ފުރުމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ފެރިދޫއަކީ 480 އެއްހާ މީހުން ދިރިއުޅެމުންދާ ކުޑަ އާބާދީއެއް އެކުލެވޭ ރަށެކެވެ. އއ. އަތޮޅުގެ އެހެން ރަށްތަކެކޭ އެއްގޮތަށް އެ ރަށުގައިވެސް ގިނަ އަދަދަކަށް ޓޫރިސްޓު ގެސްޓުހައުސްތައް ހުންނަކަން ފާހަގަކޮށްލެވެ އެވެ.
Comment