Advertisement

ދެކުނުގެ ހަތަރު އަތޮޅުގެ އާރުޓީއެލް ދަތުރުތަކަށް އަންނަ ހަފުތާއިން ފެށިގެން އަގު ނަގަނީ

5 އޮކްޓޯބަރު 2023 - 17:06 0

އަމަން ހަލީމް

އަމަން ހަލީމް

އާރުޓީއެލް ފެރީތައް ހުޅުމާލޭ ފަޅުތެރޭގައި: އަށް އަތޮޅެއްގައި އާރުޓީއެލް ހިދުމަތް ލިބޭ - ފޮޓޯ/މުހައްމަދު ޝަހުޒާން


ދެކުނުގެ ހަތަރު އަތޮޅުގެ އާރުޓީއެލް ދަތުރުތަކަށް އަންނަ ހަފުތާއިން ފެށިގެން އަގު ނަގަނީ

5 އޮކްޓޯބަރު 2023 - 17:06 0

ރާއްޖެ ޓްރާންސްޕޯޓު ލިންކު (އާރުޓީއެލް) ފެރީގައި ދެކުނު އަތޮޅުތަކުގައި ކުރާ ދަތުރުތަކަށް އަންނަ ހަފުތާއިން ފެށިގެން އަގު ނަގަން ފަށާނެ ކަން ޕްލޭނިން މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

އާރުޓީއެލް ފެރީ ނިޒާމުން ދެކުނުގެ ހަތަރު އަތޮޅު ކަމުގައިވާ އައްޑޫ އާއި ފުވައްމުލަކާއި (ޒޯން 6) ގއ. އަތޮޅާއި ގދ. އަތޮޅު (ޒޯން 5) ގުޅުވާލީ މިދިޔަ އޮގަސްޓު މަހުގެ މެދު ތެރޭގަ އެވެ. އޭރު ދަތުރުތައް ފެށީ އަގު ނުނަގާ ގޮތަށެވެ.

ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުގައި އަންނަ އާދިއްތަ ދުވަހުން ފެށިގެން ޒޯން 5 އާއި ޒޯން 6 އާއި ދެމެދު ދަތުރުކުރާ ހައިވޭލިންކް ދަތުރުތަކާއި ޒޯން 6 ގެ އެތެރޭގައި ކުރާ ދަތުރުތަކަށް އަގު ނަގާނެ އެވެ.

ހައިވޭލިންކު ދަތުރުތަކުގެ އަގުތައް

  • ގދ. ވާދޫ - ޏ. ފުވައްމުލައް: ކޮޅަކަށް 250ރ.، ދެކޮޅަށް 450ރ
  • ގދ. ވާދޫ - ސ. ހުޅުމީދޫ: ކޮޅަކަށް 490ރ. ދެކޮޅަށް 880ރ.

އެތެރޭގެ ދަތުރުތަކުގެ އަގުތައް

  • ޏ. ފުވައްމުލައް - ސ. ހުޅުމީދޫ: ކޮޅަކަށް 250ރ.، ދެކޮޅަށް 450ރ.
  • ޏ. ފުވައްމުލައް - ސ. ފޭދޫ: ކޮޅަކަށް 250ރ.، ދެކޮޅަށް 450ރ.
  • ސ. ހުޅުމީދޫ - ސ. ފޭދޫ: ކޮޅަކަށް 55ރ.، ދެކޮޅަށް 100ރ.

އާރުޓީއެލް ފެރީ ހިދުމަތަކީ މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅުވާލުމުގެ މަގުސަދުގައި ފަށައިގެން އުޅޭ މަޝްރޫއެކެވެ. މިހާރު މި ހިދުމަތް ދެމުން އަންނަނީ ހއ، ހދ، ށ، ޅ، ގއ، ގދ ގެ އިތުރުން އައްޑޫ އާއި ފުވައްމުލަކަށެވެ. ދެން އެންމެ އަވަހަށް މި ހިދުމަތް ފަށަން ރާވާފައިވަނީ ނ. އަތޮޅުގަ އެވެ.

ސަރުކާރުން މި މަޝްރޫއު ހިންގާށާއި، ހިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.