Advertisement

ސޮނީ ސްޕޯޓްސް ސޭލް: ކުޑަކުދިންގެ ޓާފް ބޫޓެއް 200ރ. އަށް!

5 އޮކްޓޯބަރު 2023 - 17:09 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ސޮނީ ސްޕޯޓްސް ސޭލް: ކުޑަކުދިންގެ ޓާފް ބޫޓެއް 200ރ. އަށް!

5 އޮކްޓޯބަރު 2023 - 17:09 0

ސޮނީ ސްޕޯޓްސް އިން ވިއްކާ ކުޑަކުދިންގެ ޓާފް ބޫޓުތައް ވަރަށް ހެޔޮ އަގެއްގައި ލިބޭ ސޭލެއް ފަށައިފި އެވެ.

ސޮނީ ސްޕޯޓްސްގެ "ލިޓްލް ލެޖެންޑް ކިޑްސް ޓާފް ޝޫ" ސޭލް ކުރިއަށްދާނީ ސޮނީ ސްޕޯޓްސް އަމީނީމަގު ފިހާރައިގަ އެވެ.

ސޮނީއިން ބުނި ގޮތުގައި މި ސޭލްގައި އެ ފިހާރައިން ވިއްކާ ކުޑަކުދިންގެ ޓާފް ބޫޓުތައް އެންމެ 200ރ. އަށް ލިބޭނެ އެވެ. އޭގެ ތެރޭގައި ނައިކީ އަދި އެޑިޑާސް ބްރޭންޑުގެ ބޫޓުތައްވެސް ހިމެނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 14 އޮކްޓޯބަރާ ހަމަޔަށެވެ. އަދި ސޭލްގައި ބައިވެރިވެވޭނީ ފިހާރަޔަށް ގޮސް ވިޔަފާރިކުރާ ކަސްޓަމަރުންނަށް އެކަންޏެވެ.

ސޮނީ ސްޕޯޓްސް އަމީނީ މަގު ފިހާރަ ހުޅުވާފައި ހުންނާނީ، ހުކުރު ދުވަސް ނޫން ދުވަސްތަކުގެ ހެދުނު 10:00 އިން މެންދުރު 12:00 އަދި މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށެވެ. ރޭގަނޑު ހުޅުވާނީ 8:00 އިން 10:00 އަށެވެ.