Advertisement

ދައުރު ނިމުމުގެ ކުރިން އަމީނީ މަގުގެ މަސައްކަތް ނިންމައިދޭނަން: އަކްރަމް

5 އޮކްޓޯބަރު 2023 - 20:41 0

ނިމާ ހަސަން

ނިމާ ހަސަން

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް އަކްރަމް ކަމާލުއްދީން; ދައުރު ނިމުމުގެ ކުރިން އަމީނީ މަގު ނިމޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: ޝާބިން/ އަދަދު


ދައުރު ނިމުމުގެ ކުރިން އަމީނީ މަގުގެ މަސައްކަތް ނިންމައިދޭނަން: އަކްރަމް

5 އޮކްޓޯބަރު 2023 - 20:41 0

އަންނަ ނޮވެމްބަރު 17، ގައި ސަރުކާރު ބަދަލުވުމުގެ ކުރިން އަމީނީ މަގުގެ މަސައްކަތް ނިންމައިދެއްވާނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

"އަދަދު" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަކްރަމް މިއަދު އަށް ވިދާޅުވީ, އަމީނީ މަގުގެ މަސައްކަތް މަޑުޖައްސާލީ އިންތިހާބާ ދިމާކޮށް ކަމަށެވެ. އެހެންކަމުން އިންތިހާބު ނިމުމުން, އެ މަސައްކަތް އަނބުރާ ފެށުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ގޮތުން ތާރު އަޅައިގެން އެ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ މިދިޔަ އަހަރު އޯގަސްޓު، 30، ގަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މެއި 28، 2023 އަށް އެ މުއްދަތު ވަނީ ހަމަވެފަ އެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ޝާބިން/ އަދަދު


އެއްބަސްވެފައިވާ ތާރީހަށް އެ މަސައްކަތް ނުނިމުމުން, ސަރުކާރުން ވަނީ ސެޕްޓެމްބަރު މަހު 27، އަށް އެ މަސައްކަތް ނިންމަން ތާރީހު ދީފަ އެވެ. ނަމަވެސް މިހާތަނަށް އަމީނީ މަގުގެ މަސައްކަތް ނިމިފައި ވަނީ ޕްލޭނިން މިނިސްޓްރީގެ އިމާރާތާ ހަމައަށެވެ.

އެ މަގުގެ ބާކީ ބައި ނިމޭނެ ކަމަށް އަކްރަމް މިއަދު ތާރީހު ދެއްވީ ވެރިކަމުގެ މި ދައުރު ނިމުމުގެ ކުރިއަށެވެ. ޖުމްލަ 15 ސެގްމަންޓަކަށް ބަހާލައިގެން އަމީނީ މަގު ހެދުމަށް އާރުޑީސީއާ ހަވާލުކޮށްފައި ވަނީ 84 މިލިއަން ރުފިޔާއަށެވެ.