4 އޮކްޓޯބަރު 2023 - 12:05 0
މުހައްމަދު އުޝާމް
އިބްރާހިމް އަބްދުﷲ(ގައްބަރޭ) - މެންބަރު ޒަރީރަށް ހަމަލާ ދިނުމުގެ ތުހުމަތުގައި އޭނާއަށް ދައުވާ ކުރުމަށް ފޮނުވައިފި
4 އޮކްޓޯބަރު 2023 - 12:05 0
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދީ، އަވަހާރަކޮށްލަން އުޅުމުގެ ތުހުމަތުގައި އިބްރާހިމް އަބްދުﷲ (ގައްބަރޭ) އާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކޮށްފި އެވެ.
ގައްބަރޭގެ މައްޗަށް ކޮށްފައިވަނީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލައިގައި ހިމެނޭ މުލާން މުހައްމަދުއާއި، އަހްމަދު އައުޝަމްގެ މައްޗަށް ކުރީ މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ޒަރީރަށް ހަމަލާ ދިނީ މެއި 1، ގައި މާލޭގެ ކެފޭއެއްގައި އޭނާ އިންނަވަނިކޮށެވެ.
ގައްބަރޭއަކީ ޒަރީރު ވެސް ނިސްބަތްވާ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެކެވެ. ގައްބަރޭއަކީ އެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސެވެ.
ހަމަލާ ދިނީ ގައްބަރޭ ކަމަށް ވިދާޅުވެ ޒަރީރު އެންމެ ފުރަތަމަ ފުލުހަށް ބަޔާން ދެއްވި ނަމަވެސް ޒަރީރު ވަނީ ފަހުން ބަޔާން ބަދަލު ކުރައްވައިފަ އެވެ. އޭނާއަކީ އެކުވެރިއެއް ކަމަށާއި، އޭނާ ދޫކޮށްދޭން އެދޭ ކަމަށް ވެސް ޒަރީރު މި ފަހުން ވިދާޅުވެފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment