Advertisement

އޭޝިއަން ބީޗް ގޭމްސް އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި

about 2 hours 0

ދާދި ފަހުން ނިމިގެންދިޔަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނު ދިވެހި ސިފައިންގެ ކްލަބްގެ ސާއިދު: އޭނާ އަކީ ބީޗްގޭމްސްގައި ރާއްޖޭން ވާދަކުރާ ހަމައެކަނި ފިރިހެން އެތުލީޓު.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ


އޭޝިއަން ބީޗް ގޭމްސް އަށް އެތުލެޓިކްސް ޓީމު އެކުލަވާލައިފި

about 2 hours 0

އަންނަ މަހު ޗައިނާގެ ސަންޔާ، ހައިނާން އައިލެންޑްގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގައި ވާދަކުރާނެ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމު އެކުލަވާލައިފި އެވެ.

ސްކޮޑުގައި ހިމެނެނީ އެއް ފިރިހެން އެތުލީޓާއި ހަތަރު އަންހެން އެތުލީޓެެވެ. އެއީ، ހަސަން ސާއިދު، ހައްވާ މުޒްނާ ފާއިޒު، އަހްނާ ނިޒާރު، އައިޝަތު ޝަބާ ސަލީމް އަދި ޝުއާ އަހުމަދު ރިޝްފާން އެވެ. މީގެ ތެރެއިން، ޝުއާ ފިޔަވައި އަނެއް ހަތަރު އެތުލީޓުން މި މަހު ފަހުކޮޅުގައި، އިންޑިއާގައި ބާއްވާ ތިން ވަނަ ނެޝަނަލް އޯޕަން ރިލޭ މުބާރާތުގައި ވާދަކުރާނެ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ، ބީޗް ގޭމްސްގައި އެތުލެޓިކްސް ޓީމު ވާދަކުރަން ހަމަޖެހިފައިވަނީ ދެ އިވެންޓްގައި ކަމަށެވެ. އެއީ، 60 މީޓަރު ރޭހާއި ހަތަރެއް ގުނަ 60 މީޓަރު ރިލޭ އިވެންޓުގައި ކަމަށެވެ.


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން މައުލޫމާތު ދޭ ގޮތުގައި، އެތުލެޓިކްސްގެ އިތުރުން، ސްވިމިން، ހޭންޑްބޯޅަ އަދި ވޮލީބޯޅަ ޓީމުތައް ވެސް ބީޗް ގޭމްސްގައި ވާދަކުރާނެ އެވެ. މީގެ ތެރެއިން ހޭންޑްބޯޅައިން ވާދަކުރަނީ، ފިރިހެން ޓީމު އެކަންޏެވެ.

އޭޝިއަން ބީޗް ގޭމްސްގެ ހަ ވަަނަ އެޑިޝަން ސަންޔާގައި ހޯސްޓްކުރަން ފުރަތަމަ ރޭވީ 2020 ވަނަ އަހަރު އެވެ. އެކަމަކު، ކޮވިޑް-19އާ ހެދި އެ ފަހަރު ތާވަލުކުރި ގޮތަށް އެ މުބާާރާތް ކުރިއަށްނުދިޔަ އެވެ. އޭގެ ފަހުން، އެކި ފަހަރު މަތިން މަސައްކަތްކޮށްގެން މިހާރު އޭޝިއަން ބީޗް ގޭމްސް ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 22 އިން 30 އަށް ކުރިއަށްދާ ގޮތަށެވެ.

އޭޝިއަން ބީޗް ގޭމްސް އެންމެ ފުރަަތަމަ ބާއްވާފައިވަނީ، އިންޑޮނޭޝިއާގެ ބާލީގައި 2008 ވަނަ އަހަރެވެ. އޭގެ ފަހުން، 2010 ވަނަ އަހަރު އޮމާނުގެ މަސްކަޓުގައި، 2012 ވަނަ އަހަރު ޗައިނާގެ ހައިޔާންގައި، 2012 ގައި ތައިލެންޑުގެ ޕުކެޓްގައި އަދި 2016 ވަަނަ އަހަރު ވިއެޓްނާމްގެ ދަނަންގަ އެވެ.