3 އޮކްޓޯބަރު 2023 - 14:33 0
ފާތިމަތު ސާޔާ އަހުމަދު
ޓްވިޓާގެ ވެރިޔާ އެލޮން މަސްކް.
3 އޮކްޓޯބަރު 2023 - 14:33 0
ބިލިއަނަރު އެލޮން މަސްކް ސޯޝަލް މީޑިއާގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއަށް ޖޯކު ޖެހުމުން ޔޫކްރެއިނުން ނުރުހުން ފާޅުކޮށްފި އެވެ.
މަސްކްގެ އެކްސް ނުވަތަ ކުރީގެ ޓްވިޓާގައި ފޮޓޯއެއް ޕޯސްޓުކޮށް އޭނާ ޖޯކު ޖެހީ ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހުޅަނގުގެ އަސްކަރީ އަދި މާލީ އެހީއަށް ޒެލެންސްކީ ތަކުރާރުކޮށް އެދެމުން ދާތީ އެވެ.
މަސްކްގެ ސްޓާލިންކް ސްޓެލައިޓް ހިދުމަތް ޔޫކްރެއިނަށް ފޯރުކޮށްދީފައިވާ އިރު، އޭގެ ސަބަބުން ޔޫކްރެއިންގެ ސިފައިންނަށް ގިނަ ފައިދާތައް ކުރެ އެވެ.
އެކަމަކު ހަނގުރާމައާ ގުޅޭ ގޮތުން މީގެ ކުރިން ވެސް މަސްކް ފާޅުކޮށްފައިވާ ހިޔާލުތަކާ މެދު ޔޫކްރެއިނުން ހިތްހަމަނުޖެހުނެވެ.
ހޯމަ ދުވަހު ޕޯސްޓު ކުރި ޒެލެންސްކީގެ ފޮޓޯއާ އެކު މަސްކް ލިޔުނީ "ބިލިއަަން ޑޮލަރަށް ނޭދި ފަސް މިނެޓު ހޭދަވެއްޖެ" ކަމަށެވެ.
ޔޫކްރެއިން ސަރުކާރުގެ އިސް އޮފިޝަލް މިކައިލޯ ޕޮޑޯލިޔަކް ވިދާޅުވީ ޔޫކްރެއިނަށް ފާޑުކިޔުން ނުވަތަ ހިތްވަރުނުދީ ހަނުހުރުމަކީ ވެސް ރަޝިއާގެ ޕްރޮޕެގެންޑާއަށް ތާއީދު ކުރުން ކަމަށެވެ.
ޔޫކްރެއިންގެ ޕާލަމެންޓް ރައީސް ރުސްލާން ސްޓެފަންޗުކް ވެސް މަސްކްއަށް ފާޑުވިދާޅުވެ، އޭނާގެ ސްޕޭސްއެކްސް ކުންފުނިން ލޯންޗުކުރި ބިޔަ ރޮކެޓް ފެއިލްވި ކަމަށް ވިދާޅުވެ މަލާމާތް ކުރެއްވި އެވެ.
Comment