Advertisement

އޭޝިއަން ގޭމްސްގައި ސްވިމިން ޓީމުން 14 ރެކޯޑެއް ހަދައި ބޮޑު ކުރިއެރުމެއް ހޯދައިފި

3 އޮކްޓޯބަރު 2023 - 08:13 3

އޭޝިއަން ގޭމްސްގެ އިވެންޓެއްގެ ތެރެއިން ގައުމީ ފެތުންތެރިޔާ، ރިހާން ޝިޔާމް.--- ފޮޓޯ: ނައުޝަމް ވަހީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


އޭޝިއަން ގޭމްސްގައި ސްވިމިން ޓީމުން 14 ރެކޯޑެއް ހަދައި ބޮޑު ކުރިއެރުމެއް ހޯދައިފި

3 އޮކްޓޯބަރު 2023 - 08:13 3

ޗައިނާގެ ހަންޒޫގައި މިހާރު ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި ގައުމީ ޓީމްގެ ފެތުންތެރިން ޖުމްލަ 14 ރެކޯޑެއް ހަދައިފި އެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ އަށް ފެތުންތެރިއަކު ވާދަކުރިއިރު، މި ފެތުންތެރިން ވަނީ އިންޑިވިޖުއަލް 10 ރެކޯޑަކާއިއެކު ހަތަރު ރިލޭ ރެކޯޑެއް ހަދާފަ އެވެ.

އިންޑިވިޖުއަލް އެތުލީޓުންނަށް ބަލާއިރު އެންމެ ގިނަ ރެކޯޑު ހެދި އިމްއާން އަލީ ވަނީ އިންޑިވިޖުއަލް ތިން ރެކޯޑެއް ހަދައި ތިން ރިލޭ ރެކޯޑެއް ހެދުމުގައި އެހީތެރިވެދީފަ އެވެ. މުހައްމަދު ރީހާން ޝިހާމް ވަނީ އިންޑިވިޖުއަލް ތިން ރެކޯޑެއް ހަދައި ޓީމް ރިލޭގެ ދެ ރެކޯޑެއް ހެދުމުގައި އެހީވެފަ އެވެ. މުބާލް އައްޒާމް އިބްރާހިމް ވަނީ އިންޑިވިޖުއަލް ދެ ރެކޯޑަކާއި ރިލޭގެ ތިން ރެކޯޑެއް ހެދުމުގައި އެހީވެފަ އެވެ. ސްވިމިން ޓީމުގެ އަނެއް ފިރިހެން ފެތުންތެރިޔާ އަހުމަދު ނީގް ނިޔާޒު ވަނީ ރިލޭ ދެ ރެކޯޑު ހެދުމަށް އެހީވެފަ އެވެ.

އަންހެން ފެތުންތެރިންނަށް ބަލާއިރު، މެރާލް އައިން ލަތީފް ވަނީ އިންޑިވިޖުއަލް ދެ ރެކޯޑެއް ހަދައި ރިލޭ ރެކޯޑެއް ހެދުމަށް އެހީވެފަ އެވެ. ހަމްނާ އަހުމަދު އާއި ހަނާން ހުސައިން ހަލީމް ވަނީ ޓީމް ރިލޭގެ ދެ ރެކޯޑެއް ހެދުމަށް އެހީވެފަ އެވެ. އަންހެން ޓީމްގެ އީން އައްބާސް ޝަރީފް ވެސް ވަނީ ރިލޭ ރެކޯޑެއް ހެދުމަށް އެހީވެފަ އެވެ.

އިންޑިވިޖުއަލް ރެކޯޑުތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވުނީ މުބާލް މުގުރާލި 17 އަހަރުވީ ފިރިހެނުންގެ 100 މީޓަރުގެ ބްރެސްޓްސްޓްރޯކްގެ ގައުމީ ރެކޯޑެވެ. މުބާލް ވަނީ 200 މީޓަރު ފްރީ ސްޓައިލްގެ އިވެންޓުގެ ގައުމީ ރެކޯޑުވެސް އާކޮށްފަ އެވެ.

އިމްއާން ހެދި އިންޑިވިޖުއަލް ދެ ރެކޯޑަކީ ފިރިހެނުންގެ 200 މީޓަރު ބެކްސްޓްރޯކްގެ ގައުމީ ރެކޯޑާއި، 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑެވެ.

އޭޝިއަން ގޭމްސްގައި ރިހާން އާކުރި އިންޑިވިޖުއަލް ތިން ރެކޯޑަކީ ފިރިހެނުންގެ 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ރެކޯޑާއި، ފިރިހެނުންގެ 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑުގެ އިތުރުން 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑެވެ.

މިރާލް ހެދި އިންޑިވިޖުއަލް ދެ ރެކޯޑަކީ އަންހެނުންގެ 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑާއި، އަންހެނުންގެ 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑެވެ.

ރާއްޖެއިން އާކުރި ޓީމް ރިލޭގެ ރެކޯޑުތަކަކީ ފިރިހެނުންގެ ހަތަަރެއް ގުނަ 100 މީޓަރ މެޑްލޭ ރިލޭ އިވެންޓުގެ ގައުމީ ރެކޯޑާއި، ފިރިހެނުންގެ ހަތަަރެއް ގުނަ 100 މީޓަރ ފްރީސްޓައިލްގެ ރެކޯޑުގެ އިތުރުން ހަތަަރެއް ގުނަ 100 މީޓަރ މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ ގައުމީ ރެކޯޑު އަދި އަންހެނުންގެ ހަތަަރެއް ގުނަ 200 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރެކޯޑެވެ.

ހަތަަރެއް ގުނަ 100 މީޓަރ މެޑްލޭ ރިލޭ އިވެންޓުގެ ގައުމީ ރެކޯޑާއި، ފިރިހެނުންގެ 4 ގުނަ 100 މީޓަރ ފްރީސްޓައިލްގެ ރެކޯޑުގެ އާކުރީ އިމްއާން، މުބާލް، ރިހާން އަދި ނީގް އެވެ.

ހަތަަރެއް ގުނަ 100 މީޓަރ މިކްސްޑް މެޑްލޭ ރިލޭ އިވެންޓުގެ މުބާލް، އިމްއާން، ހަމްނާ އަދި ހަނާން އެވެ.

އަންހެނުންގެ ހަތަަރެއް ގުނަ 200 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރެކޯޑު އާކުރީ ހަނާން، ހަމްނާ، މިރާލް އަދި އީން އެވެ.