Advertisement

ވާދޫގައި މީހަކު ވޯޓު ފޮށި ފަޅާލުމުން އޭނާ ހައްޔަރުކޮށް ފުލުހުން ތަން ބަންދުކޮށްފި

30 ސެޕްޓެންބަރު 2023 - 17:29 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ގދ. ވާދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް ފަޅާލާފައި


ވާދޫގައި މީހަކު ވޯޓު ފޮށި ފަޅާލުމުން އޭނާ ހައްޔަރުކޮށް ފުލުހުން ތަން ބަންދުކޮށްފި

30 ސެޕްޓެންބަރު 2023 - 17:29 0

ވޯޓު ނުލެވުމުން ރުޅި އައިސްގެން ގދ. ވާދޫގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް އެ ރަށު މީހަކު ފަޅާލައިފި އެވެ.

މިއަދު ހަވީރު އެ ހާދިސާ ހިނގީ ވާދޫގައި ވޯޓުލުން ބަންދުކޮށްފައި ހުއްޓާ މީހަކު އޭނާއަށް އައިޑީ ކާޑު ނުލިބުނު ކަމަށް ބުނެ ވޯޓުލާ މަރުކަޒު ތެރެއަށް ވަދެ ރުޅި އައިސްގެންނެވެ. ފުލުހުން ވަނީ މިހާރު ވޯޓު މަރުކަޒު ބަންދުކޮށް، ތަން ރައްކާތެރިކޮށްފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި، ވޯޓުލުން ބަންދުކޮށްފައި ހުއްޓާ އެ މީހާ ވަނީ ވޯޓު ފޮށި ނަގައި ވަރަށް ބާރަށް ތަޅުންގަނޑު މައްޗަށް ޖަހައިފަ އެވެ.

އެއާއެކު ފޮށި ފަޅައިގެން ގޮސް އޭގައި ހުރި ވޯޓުތައް ބިންމައްޗަށް ވެއްޓިފައި އޮތް މަންޒަރު މި ނޫޫހަށް ލިބިފައިވާ ފޮޓޯތަކުން ފެނެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓު ކުރުމުން އެ މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިލެކްޝަންސްއިން އަދި ވަކި ގޮތެއް އަންގާފައި ނުވާތީ ވޯޓު ފޮއްޓާ މެދު ދެން އަމަލު ކުރާނެ ގޮތެއް އަދި އެނގިފައި ނުވެ އެވެ.