Advertisement

މަރަދޫ މެންބަރު ޝަރީފަށް ހަމަލާދީ ޒަހަމުކޮށްލައިފި

30 ސެޕްޓެންބަރު 2023 - 14:32 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް -- ގުރޫޕަކުން ހަމަލާ ދިނީ އޭނާ މެންހަޓަން ރެސްޓޯރަންޓުގައި އިންދާ. ފޮޓޯ؛ ސޯޝަލް މީޑިއާ


މަރަދޫ މެންބަރު ޝަރީފަށް ހަމަލާދީ ޒަހަމުކޮށްލައިފި

30 ސެޕްޓެންބަރު 2023 - 14:32 0

ވޯޓުލާ މަރުކަޒެއް ކައިރީގައި ހުންނަވަނިކޮށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ބަޔަކު ހަމަލާދީފި އެވެ.

ޝަރީފް މިއަދު "އަދަދު"އަށް ވިދާޅުވީ ބަޔަކު އޭނާއަށް ހަމަލާދިނީ އިއްޒުއްދީން ސްކޫލު ކައިރީގައި ހުންނަ މަންހަޓަން ބިޒްނަސް ހޮޓެލްތެރޭގައި ހުންނަވަނިކޮށް ކަމަށެވެ. މެންބަރު ޝަރީފަށް ދިން ހަމަލާގައި އޭނާ އޭނާގެ މޫނުމަތި ވަރަށް ބޮޑަށް ދުޅަވެފައިވާއިރު ލޮލަށް ވެސް ގެއްލުންވެފައިވާތަން ފޮޓޯތަކުން ފެނެ އެވެ.

"މެންހަޓަންގައި ބަޔަކާ އެކު އިންދާ ބޮޑު ގުރޫޕަކުން އައިސް ހަމަލާދިނީ. ހަމަލާ ދިނީ ކީއްވެގެންކަން ކުޑަކޮށްވެސް ނޭނގޭ. އެ ހަމަލާ ދިނީ ކޮން ބައެއްކަންވެސް ސާފެއް ނޫން."

ޝަރީފް ވިދާޅުވީ އިންތިހާބެއްގައި ހަލަބޮލިކަން އުފެއްދުމަށްޓަކައި ހިންގާ މިފަދަ ނޭއްގާނީ އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫންކަމާއި، އިންތިހާބެއްގައި ނަތީޖާ ނެރެން ވާނީ ސުލްހަވެރިކަމާއެކު ދެވޭ ވޯޓުން ކަމަށެވެ.

ޝަރީފަށް ހަމަލާ ދިން މައްސަލަ މިހާރު ފުލުހުނަށް ރިޕޯޓުކޮށްފައި ވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. ފުލުހުން ގެންދަނީ މިހާރު އެމައްސަލަ ތަހުގީގުކުރަމުންނެވެ.