Advertisement

ތާއީދުކުރާ ނިޒާމެއް އެމްޑީޕީން ނިންމާނީ އިންތިހާބަށް ފަހު: ރައީސް

30 ސެޕްޓެންބަރު 2023 - 11:22 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ: ޝާބިން/އަދަދު


ތާއީދުކުރާ ނިޒާމެއް އެމްޑީޕީން ނިންމާނީ އިންތިހާބަށް ފަހު: ރައީސް

30 ސެޕްޓެންބަރު 2023 - 11:22 1

ނިޒާމީ ވޯޓުގައި އެމްޑީޕީއިން ތާއީދުކުރާނެ ގޮތެއް ނިންމާނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލެއްވުމަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ތާއީދު ކުރާ ގޮތް މީގެ ކުރިން ވެސް ހާމަކޮށްފައި ވާނެ ކަމަށާއި، އެ ވޯޓުގައި އެމްޑީޕީން ތާއީދުކުރާ ގޮތް ހާމަކުރާނީ މި އިންތިހާބަށް ފަހު ކަމަށެވެ.

"އެއީ މިއަށް ފަހު އަޅުގަނޑުމެން ނިންމާނެ ކަމެއް ދެއްތޯ. އަޅުގަނޑު އޭގެ ތާއީދުކުރާގޮތް އަޅުގަނޑު އޮންނާނީ މީގެ ކުރިން ވެސް ހާމަކޮށްފައި. ޕާޓީއިން އޭގަ ގޮތެއް ނިންމާނީ މި އިންތިހާބުގެ ފަހުން" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވަނީ މި އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތްކަމުގައި ވިޔަސް ނިޒާމީ ވޯޓު ނަގާނެ ކަމުގެ ޔަގީންކަން މީގެ ކުރިން ދެއްވާފަ އެވެ.

ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ޓަކައި ނިޒާމު އަލުން ކަނޑައެޅުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވާލައި ރައްޔިތުންގެ މަޖިލީހުން ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. ނަޝީދުގެ ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި އެ ގަރާރު މަޖިލީހަށް ބަލައިގަތީ އެމްޑީޕީގެ ވެސް އެއްބާރުލުމާ އެކުގަ އެވެ.

އެހެން ނަމަވެސް މުޅި މަޖިލީހުގެ ކޮމިޓީން އެ ގަަރާރު ދިރާސާކޮށް އެކުލަވައިލި ރިޕޯޓް ފާސްކުރި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ އެމްޑީޕީގެ މަދު މެންބަރުންތަކެކެވެ.