Advertisement

ވޯޓު ފޮށިތައް މަރުކަޒުތަކަށް ގެންދަން ފަށައިފި

30 ސެޕްޓެންބަރު 2023 - 06:19 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވޯޓުފޮށިތައް ދަރުބާރުގެއިން ނެރެގެން މަރުކަޒުތަކަށް ގެންދިޔުމަށް ޓެކްސީއަށް އަރުވަނީ. -- ފޮޓޯ: މުހައްމަދު ޝަހުޒާން/ އަދަދު


ވޯޓު ފޮށިތައް މަރުކަޒުތަކަށް ގެންދަން ފަށައިފި

30 ސެޕްޓެންބަރު 2023 - 06:19 0

މިއަދު ފަށާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި މާލެ އަތޮޅުގެ ބައެއް ރަށްތަކާއި ޖަލުތަކުގައި އަދި މާލޭގައި ބަހައްޓާ ވޯޓު ފޮށިތައް އެ މަރުކަޒުތަކަށް ގެންދިޔުމުގެ މަސައްކަތް ފަށައިފި އެވެ.

އިންތިހާބުގެ މައި މަރުކަޒު، ދަރުބާރުގެއިން، ވޯޓު ފޮށީގެ އޮފިޝަލުންނާ މިހާރު ގެންދަނީ ވޯޓު ފޮށިތައް ހަވާލު ކުރަމުންނެވެ.

ވޯޓުލުމަށް ކަނޑައަޅާފައިވާ ގަޑިއަކީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 އަށެވެ. ވޯޓު ފޮށީގެ ކިޔޫގައި މީހަކު ނެތް ނަމަ 5:00 ގައި ފޮށި ބަންދުކުރުމަށް ފަހު، 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެ އެވެ.

އެހެން ގައުމުތަކުގައި ވޯޓުލާން ފަށާ ގަޑި (އެ ގައުމެއްގެ ގަޑިން)

  • އިންޑިޔާގެ ޓްރިވެންޑްރަމް - ހެނދުނު 8:30
  • ސްރީލަންކާގެ ކޮލަމްބޯ - ހެނދުނު 8:30
  • މެލޭޝިޔާގެ ކުއަލަލަމްޕޫރު - ހެނދުނު 11:00
  • އިނގިރޭސިވިލާތުގެ ލަންޑަން - ހެނދުނު 8:30
  • ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ - ހެނދުނު 8:00

ފުރަތަމަ ބުރުގައި ޖުމުލަ އަށް ކެންޑިޑޭޓުން ވާދަ ކުރި. އޭގެ ތެރެއިން އެންމެ މަތިން ވޯޓު ކާމިޔާބުކޮށްގެން ދެވަނަ ބުރަށް ގޮސްފައި ވަނީ، އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޕީއެންސީގެ ކެންޑިޑޭޓު، ޑރ. މުހައްމަދު މުއިއްޒު އެވެ.

މިފަހަރު ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ޖުމްލައަކީ 282،804 މީހުންނަށް. އެއީ 138394 އަންހެނުން، އަދި 144410 ފިރިހެނުން. ފުރަތަމަ ބުރަށް ވުރެ ދެ ވަނަ ބުރުގައި އިތުރުވީ 408 މީހުން ނެވެ.

ވޯޓު މަރުކަޒު ބެލުމަށް

ވޯޓުލާންޖެހޭ މަރުކަޒު ނޭނގޭ ނަމަ، ވީއާރު ޖެހުމަށް ފަހު އައިޑީ ކާޑު ނަންބަރު ލިޔެ، 1414 އަށް މެސެޖުކޮށްލާ އެވެ.