Advertisement

މުއިއްޒު ވިދާޅުވީ ބޭސްފަރުވާއަށް އެއްގައުމަކަށް ބަރޯސާވާ މައްސަލަ ހައްލުކުރާނެކަމަށް

28 ސެޕްޓެންބަރު 2023 - 22:19 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޑރ. މުހައްމަދު މުއިއްޒު: މުއިއްޒު ވިދާޅުވީ ސިއްހީ ދާއިރާއަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ބޭސްފަރުވާއަށް އެއް ގައުމަކަށް ބަރޯސާވާން ޖެހޭ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް -- ފޮޓޯ: އިޔާން/އަދަދު


މުއިއްޒު ވިދާޅުވީ ބޭސްފަރުވާއަށް އެއްގައުމަކަށް ބަރޯސާވާ މައްސަލަ ހައްލުކުރާނެކަމަށް

28 ސެޕްޓެންބަރު 2023 - 22:19 0

ދިވެހިން އެއްގައުމަކަށް ބަރޯސާވާ މައްސަލަ ހައްލުކޮށް، ރާއްޖޭގައި ތިބެގެން ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ފެންވަރުގެ ބޭސްފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަންގުޓީވީން މިރޭ ސަލްޓަންޕާކުގައި ބޭއްވި "ރައްޔިތުންގެ ގާތަށް" ޕްރޮގުރާމުގައި މުއިއްޒު ވިދާޅުވީ، އޭނާގެ ސަރުކާރެއްގަ އެންމެ ބޮޑު އެއް އަމާޒަކަށް ވާނީ މިހާރު މާލެ ސަރަހައްދުގައި ހުރި ދަރުމަވަންތަ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް، ބޭސްފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާން ޖެހޭ މައްސަލައަށް ހައްލު ގެނައުން ކަމަށެވެ. އެކަމުގެ ތެރެއިން ބޭސްފަރުވާކުރުމަށް އެއްގައުމަކަށް ބަރޯސާވެފައިވާ މިންވަރުވެސް ކުޑަކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސިޔާސަތަކަށް ވާނީ ދަރުމަވަންތަ ހޮސްޕިޓަލު އިތުރަށް ފުޅާކޮށް، އިތުރު އިމާރާތްތައް އަޅައި ރާއްޖެ އެއްގައުމަކަށް ބޭސްފަރުވާއަށް ކުޑަކަމަކު ވިޔަސް ދާން ޖެހޭ ޖެހުން ހުއްޓުމަކަށް ގެނައުން." ޑރ. މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ދަރުމަަވަންތަ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް ބޭސްފަރުވާއަށް ބޭރަށް ދިއުން ހުއްޓާލުމަކީ މިހާރު ރާއްޖެއަށް އޮތް ވަރަށް ގިނަ މައްސަލަތަކެއްގެ ހައްލު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެެ ވެ. ރާއްޖެއިން ބޭރުފައިސާ ހޭދަކުރަން ޖެހޭ މިންވަރު ކުޑަކުރެވުމާއި އެކު ރާއްޖެއަކީ ބޭރު މީހުންވެސް ބޭސް ފަރުވާ ހޯދުމަށް އަންނަ ތަނަކަށް އޭރުން ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅުން އަބަދު ދައްކަމުން ގެންދާ ބޭރު ސިފައިން ރާއްޖޭގައި ތިބޭ ވާހަކައަށް އިޝާރާތްކުރައްވައި މުއިއްޒު ވިދާޅުވީ، "އަޅުވެތިކަމަކީ" ހަމައެކަނި ބޭރު ސިފައިން ރާއްޖޭގައި ތިބުން ނޫންކަމަށާއި، ވަކި ގައުމަކަށް ރާއްޖެއިން ބަރޯސާވާ މިންވަރު އިތުރުވުމަކީ ވެސް "އަޅުވެތިކަން" ކަމަށެވެ.

"އަޅުވެތިކަމަކީ ހަމައެކަނި ބޭރު ސިފައިން ރާއްޖޭގައި ތިބުމެއް ނޫން. އިގްތިސާދީ ގޮތުން ވެސް އަޅުގަނޑުމެން މިވަނީ ވަރަށް ބޮޑަށް ވަކި ގައުމަކަށް ބަރޯސާ ވެފައި. އެއީވެސް އަޅުވެތިކަން" ޑރ. މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އަމާޒަކީ ބޭރުގެ ފެންވަރު ރަނގަޅު ހޮސްޕިޓަލްތަކުގެ ކްލިނިކްތައް ރާއްޖެއަށް ގެނައުން ކަމަށެވެ. އަދި އެކި ބަލިތަކުން ރައްކާތެރިވާނެ ފުރިހަމަ ފިޔަވަޅުތައް އަޅައި، ބަލިތަކަށް ބޭސްފަރުވާ ކުރެވޭނެ ވަސީލަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގާއިމްކުރުމަކީ އަމާޒެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.