Advertisement

ގިނަ އަދަދެއްގެ ފަންނާނުންގެ ތާއީދު ރައީސް ސޯލިހަށް

28 ސެޕްޓެންބަރު 2023 - 17:47 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން ނިންމި ފަންނާނުން ރައީސާއެކު -- ފޮޓޯ: އެމްޑީޕީ


ގިނަ އަދަދެއްގެ ފަންނާނުންގެ ތާއީދު ރައީސް ސޯލިހަށް

28 ސެޕްޓެންބަރު 2023 - 17:47 0

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގިނަ އަދަދެއްގެ ފަންނާނުން ތާއީދުކުރަން ނިންމައިފި އެވެ.

ފިލްމީ ދާއިރާގެ ފަންނާނުންނާއި، މިޔުޒީޝަނުންނާއި، އާޓިސްޓުންނާއި ފޮޓޯގްރާފަރުންގެ ތެރެއިން ގިނަ ބަޔަކު މިއަދު ވަނީ ސޯލްޓު ކެފޭ އިމާރާތުގައި ހުންނަ ރައީސް ސޯލިހުގެ ކެމްޕޭން އޮފީހުގައި އެ މަނިކުފާނާ ބައްދަލުކޮށް، ތާއިދު ކުރާކަން ހާމަކޮށްފަ އެވެ.

ރައީސް ސޯލިހަށް ވޯޓު އިތުރުކުރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ފަންނާނުން ދިނެވެ.

އެމްޑީޕީގެ މި ވެރިކަމުގައި ފަންނީ ދާއިރާތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބޭނުންކުރެވެން ފެށުމާއި އާޓު ގެލެރީގެ ހިދުމަތް ފުޅާކުރުން ހިމެނެ އެވެ.

ދެ ވަނަ ދައުރަކަށް ރައީސް ސޯލިހު ހޮވިވަޑައިގެންފި ނަމަ، ފަންނީ ދާއިރާތަކަށް ގިނަ ވައުދުތަކެއް ވަނީ ވެވަޑައިގެންފަ އެވެ. އެކަންކަމުގެ ތެރޭގައި،

ފަންނުވެރިކަމާއި އުފެއްދުންތެރިކަން ދިރުވާ އާލާކުރަން ރާވާފައިވާ ކަންކަން

  • ނެޝެނަލް ސެންޓަރ ފޯ ދަ އާޓްސް ގެ ދައުރު އިތުރަށް ފުޅާކޮށް ކްރިއޭޓިވް އިންޑަސްޓްރީ ތަރައްގީކުރާނެ.
  • އިންޓަލެކްޗުއަލް ޕްރޮޕަރޓީ ރައިޓްސްގެ ނިޒާމު ހަރުދަނާކޮށް ކޮޕީރައިޓްސްއާ ބެހޭ ގާނޫނު ތަންފީޒުކުރަން ބޭނުންވާ ބަދަލުތައް ގެންނާނެ.
  • ފަންނުވެރިން އުފައްދާ، ކުރިއަރުވާ، އެ ފަރާތްތަކަށް އާމްދަނީ ހޯދުމުގެ މަގު އެކި ދާއިރާތަކުން ފުޅާކުރާނެ.
  • ފަންނުވެރިކަމަށް ޚާއްސަ ހިލޭ އެހީ (ގްރާންޓް)، އިކުއިޓީ ފައިނޭންސް އަދި ލޯނު ސްކީމް ފުޅާކުރާނެ.
  • ފަންނުވެރިންނަށް ބޭނުންވާ ސާމާނާއިއެކު ޕްރެކްޓިސް އަދި ވޯކިންގް ސްޕޭސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެ.
  • ފަންނުވެރިންގެ އުފެއްދުންތައް ރާއްޖެއިން ބޭރުގެ ނަން މަޝްހޫރު ޕްލެޓްފޯމްތަކުގައި ޝޯކޭސް ކުރުމުގެ މަގު ފަހިކޮށްދޭނެ.
  • ފަންނުވެރިންނަން އާމްދަނީ ހޯދޭނެ މަގު އިތުރަށް ފުޅާ ކުރުމަށްޓަކައި ރޯޔަލްޓީ ލިބޭ އުސޫލުން ވިޔަފާރި ކުރެވޭނޭ ނިޒާމެއް ގާއިމުކުރާނެ.
  • އާޓްސް އަދި އެންޓަރޓައިންމަންޓަށް ޚާއްސަ ކޮމްޕްލެކްސެއް މާލެ ސިޓީގައި ގާއިމުކުރާނެ. އަދި އާބާދީ ބޮޑެތި ރަށްރަށާއި، ޑިމާންޑް ބޮޑު ރަށްރަށުގައި ކުދި މަލްޓިޕާޕަސްކޮށް ބޭނުންކުރެވޭ އޮޑިޓޯރިއަމްތައް ގާއިމުކުރާނެ.