Advertisement

ސުނާމީގެ ފަހުން ގަމަށް ބަދަލުވި މުންޑޫ/ކަޅައިދޫ އާއިލާތަކަށް 50،000ރ. ދެނީ

28 ސެޕްޓެންބަރު 2023 - 14:06 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ލ. ގަން -- ފޮޓޯ: އިވާޝް


ސުނާމީގެ ފަހުން ގަމަށް ބަދަލުވި މުންޑޫ/ކަޅައިދޫ އާއިލާތަކަށް 50،000ރ. ދެނީ

28 ސެޕްޓެންބަރު 2023 - 14:06 0

ދިވެހިރާއްޖެއަށް 2004 ވަނަ އަހަރު އެރި ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތަކާއި ގުޅިގެން ލ. މުންޑޫ އަދި ކަޅައިދޫއިން އެއަތޮޅު ގަމަށް ހިޖުރަކުރި އާއިލާތަކަށް 50،000ރ. ދޭން ސަރުކާރުން ނިންމައިފި އެވެ.

ގަމު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މުންޑޫ އަދި ކަޅައިދޫއިން ގަމަށް ބަދަލުވި އާއިލާތަކަށް ހަމަޖެހިފައިނުވާކަމުގެ ޝަކުވާތައް، އެ އާއިލާތަކުން ސަރުކާރަށް ހުށަހަޅަމުން ގެންދާތީ، ބަދަލުވި ކޮންމެ ގެއަކަށް 50،000ރ. އިނާޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައި ވާކަމަށެވެ.

އެ ދެރަށުން ގަމަށް ބަދަލުވި ކޮންމެ ގެއަކަށް ލިބޭ އިނާޔަތަށް އެދި، ގަމު ކައުންސިލް އިދާރާއަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ފަސްވަނަ ދުވަހުން ހުޅުވާލާނެ ކަމަށް ބުނެފައިވެ އެވެ.

އިނާޔަތަށް އެދި ހުށަހަޅާނީ ބަދަލުވި ގޭގެ ވެރިފަރާތުންނެވެ. އަދި ވެރިފަރާތް ދުނިޔޭގައި ނެތް ނަމަ ނުވަތަ އެކަމަށް ނުކުޅެދިއްޖެ ނަމަ، ވާރިސުންގެ ތެރެއިން ކޮންމެވެސް އެކަކު އެކަމަށް އެދި ހުށަހެޅުމަށް ކައުންސިލުން އެދިފައިވެ އެވެ.

މި ފުރުސަތު ހުޅުވިފައި އޮންނާނީ އޮކްޓޯބަރު 5، އިން ފެށިގެން އޮކްޓޯބަރު 21، ގެ ނިޔަލަށް ކަމަށް ގަމު ކައުންސިލުން ބުނެ އެވެ.

އެއަތޮޅު ގާދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި ކަނޑައަޅައި އެރަށު ރައްޔިތުން ގަމާއި ގުޅިފައި އޮންނަ ފޮނަދޫއަށް ބަދަލުކުރި އިރު ވެސް ރޯހައުސްއަކާއި 50،000ރ. ގެ އިނާޔަތެއް ދިނެވެ.