Advertisement

އައްޑޫގައި 10،000 ވަޒީފާ އުފައްދަން މުއިއްޒުގެ ވައުދު

27 ސެޕްޓެންބަރު 2023 - 19:48 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގައި އެކަނިވެސް 10،000 ވަޒީފާ އުފައްދަވާނެ ކަމަށް -- ފޮޓޯ: އިޔާން/އަދަދު


އައްޑޫގައި 10،000 ވަޒީފާ އުފައްދަން މުއިއްޒުގެ ވައުދު

27 ސެޕްޓެންބަރު 2023 - 19:48 1

ހަމައެކަނި އައްޑޫ ސިޓީއިން ވެސް 10،000 ވަޒީފާ އުފެއްދުމަށް ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.

އައްޑޫއަށް ކުރައްވާ ކެމްޕޭން ދަތުރުގެ ތެރެއިން ހިތަދޫއަށް ވަޑައިގެން ބޭއްވި ކަންމަތީ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، އެ ސިޓީގެ ޓޫރިޒަމް ފުޅާކުރުމަށް 6,000 އެނދުގެ ޓޫރިޒަމް މަޝްރޫއުއެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ސިޓީގައި 10،000 ވަޒީފާ އުފައްދަވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އައްސޭރި ޓޫރިޒަމްގެ މަޝްރޫ 6،000 އެނދު ހާސިލްވާ މިންވަރަށް ހަގީގަތަކަށް ހަދައިދީ މި ސިޓީއަށް 10،000 މީހުންގެ ވަޒީފާތައް ހޯދަދިނުމަކީ އަޅުގަނޑުމެންގެ އަމާޒު" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އިތުރަށް ވައުދުވި ކަންކަމުގެ ތެރޭގައި އައްޑޫގައި ރައީސް ޔާމީން ސަރުކާރުގައި ތަރައްގީކުރި ނޭޗާ ޕާކަކީ އެތަނުން އިގްތިސާދީ ނަފާ ލިބޭ ތަނަކަށް ހެދުން ހިމެނެ އެވެ. މުއިއްޒު ވިދާޅުވީ އެކަމަކީ އިގްތިސާދީ ގޮތުން ފުދުންތެރި ރައްޔިތުންތަކެއް ބައްޓަން ކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާ ވައުދުގެ ދަށުން ފުއްދައިދޭނެ ކަމެއް ކަމަށެވެ.

"ނޭޗާ ޕާކަކީ ތިބޭފުޅުންނަށް ނަފާ ލިބޭނެ ތަނަކަށް، އިގްތިސާދީ ގޮތުން ފުރިހަމަ ތަނެއް ގޮތުގައި އިރާދަ ކުރެއްވިއްޔާ ހަދައިދިނުމަކީ އަޅުގަނޑުމެންގެ ވިސްނުމެއް" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ އައްޑޫސިޓީގެ މަގުތައް ހެދުމާއި، ގެދޮރުވެރިކުރުން އަދި ފަތުރުވެރިކަމާއި، އެއާޕޯޓުން ދަތުރުކުރެވޭ ކަންކޮޅުތައް އިތުރުކުރުން ފަދަ ބޮޑެތި ގިނަ ވައުދުތަކެއް ވެފަ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އައްޑޫއިން އެންމެ ގިނަ ވޯޓު ހޯއްދެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހު ޖުމްލަ 25 ފޮށި ކާމިޔާބު ކުރެއްވި އިރު މުއިއްޒުއަށް ކާމިޔާބުކުރެވުނީ 15 ފޮއްޓެވެ.