Advertisement

ކޯލިޝަނުން އެމްޑީއޭ ވަކިވިނަމަވެސް އަދާލަތު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވައިފި

27 ސެޕްޓެންބަރު 2023 - 11:19 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ކޯލިޝަނުން އެމްޑީއޭ ވަކިވިނަމަވެސް އަދާލަތު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވައިފި

27 ސެޕްޓެންބަރު 2023 - 11:19 0

ޕީޕީއެމް/ޕީއެންސީ އާ ގުޅެން އުޅޭކަމަށް ދައްކާ ވާހަކަ ދޮގުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއެކު ދެމިތިބޭނެ ކަމުގެ ޔަގީންކަން އަދާލަތު ޕާޓީން ދީފި އެެވެ.

ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާ ގުޅެން އުޅޭ ކަމުގެ ހަބަރުތައް ލިބެމުން އަންނަ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވަނީ ޓުވީޓެއް ކުރައްވާފަ އެެވެ.

ތޯރިގުގެ ޓުވީޓަށް ރައްދު ދެއްވައި މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ފެންނަނީ ގައުމާ ރައްޔިތުންނަށް ހުރި ބިރުވެރި ނުރައްކަލެއްގެ ގޮތުގައި ކަމަށާއި ރައީސް އިބްރާހިމް އާއެކު އަދާލަތުން ނިކުމެ ތިބީ މިގައުމާ ރައްޔިތުންގެ ހައްގުގައި ކަމަަށެވެ.

"މަނިކުފާނަށް ހުވަފެނެއް ފެނިގެންތޯ ތިއުޅުއްވަނީ؟ ރައީސް އިބޫއާއެކު ނިކުމެމިތިބީ މިގައުމާ ރައްޔިތުންގެ ހައްގުގައި. މި އިންތިހާބުގަ ތިބޭފުޅުން ފެންނަނީ ގައުމާ ރައްޔިތުންނަށް ހުރި ބިރުވެރި ނުރައްކަލެއްގެ ގޮތުގަ. މާތްاللهގެ ވާގިފުޅާއެކު މި އިންތިހާބު އަޅުގަނޑުމެން ކާމިޔާބުކުރާނަން" އިމްރާން ވިދާޅުވި އެވެ.

އަދާލަތު ޕާޓީއަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދި ފުރަތަމަ ޕާޓީއެވެ. އަދާލަތާއެކު އެމްޑީއޭވެސް އޭރު އެ ކޯލިޝަނުގައި ބައިވެރިވި އެެވެ.

ނަމަވެސް އިންތިހާބުގެ ދެވަނަ ބުރަށް އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށް އެމްޑީޕީއާއެކު ހަދާފައި އޮތް ކޯލިޝަން ރޫޅާލައި، އިދިކޮޅު ކެންޑިޑޭޓު މުއިއްޒަށް ތާއީދުކުރަން އެމްޑީއޭއިން ވަނީ ނިންމާފަ އެެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު ސެޕްޓެމްބަރު 9، ގައި ބޭއްވި އެ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒަށް ވޯޓުލީ އާބާދީގެ 46 ޕަސެންޓު ވޯޓު ލިބިވަޑައިގަތެވެ. ދެ ވަނައަށް ވަޑައިގެންނެވި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 39 ޕަސެންޓް ވޯޓެވެ.