Advertisement

އިރާގުގައި ކައިވެނި ހަފުލާއެއް ކުރިޔަށް ދަނިކޮށް އަލިފާން ރޯވެ 100 މީހުން މަރުވެއްޖެ

28 ސެޕްޓެންބަރު 2023 - 06:18 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެ ހާދިސާގައި 150 މީހުންނަށް އަނިޔާވި.


އިރާގުގައި ކައިވެނި ހަފުލާއެއް ކުރިޔަށް ދަނިކޮށް އަލިފާން ރޯވެ 100 މީހުން މަރުވެއްޖެ

28 ސެޕްޓެންބަރު 2023 - 06:18 0

އިރާގުގެ އުތުރު ހަމްދާނިޔާގައި އިވެންޓު ހޯލެއްގައި ކައިވެނި ހަފުލާއެއް ކުރިއަށް ދަނިކޮށް އަލިފާން ރޯވެ 100 މީހުން މަރުވެ، 150 މީހުންނަށް އަނިޔާވެއްޖެ އެވެ.

ހަމްދާނިޔާގެ މައި ހޮސްޕިޓަލު ފުރިފައިވާ އިރު، އަނިޔާވި މީހުންނަށް ބޭނުންވާ ލޭ ހަދިޔާ ކުރުމަށް ވެސް ގިނަ ބަޔަކު ޖަމާވެފައި އޮތެވެ.

އިދާރާތަކުން ބުނީ މިހާތަނަށް 100 މީހުން މަރުވެފައިވާ އިރު، އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ސިވިލް ޑިފެންސް އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އިވެންޓު ހޯލްގެ ތެރޭގައި ހުރި ޕްރީފެބްރިކޭޓެޑް ޕެނަލްތަކެއްގެ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ.

އެއީ "އަވަހަށް ހުޅު ހިފައި، ރައްކާތެރިކަމުގެ މިންގަނޑާ ހިލާފު" އެއްޗެއްގެ ގޮތުގައި ބަޔާނުގައި ފާހަގަކުރި އެވެ.

"އިމާރާތްތަކުރުމުގައި އަގުހެޔޮ، އަވަހަށް ރޯވާ ޒާތުގެ ތަކެތި ބޭނުންކޮށްފައި ވާތީ އެ ތަނުގެ ސީލިންގުގެ ބަޔެއް ވެއްޓެން މެދުވެރިވި."

އޭގެ އިތުރުން މިހާތަނަށް ބެލި ބެލުމުން އަލިފާން ރޯވާން މެދިވެރިވީ ވެޑިންގެ ތެރޭގައި ބަޑިބޭސް ބޭނުންކުރުމުންކަން އެނގިފައިވެ އެވެ.

ބޮޑު ވަޒީރު މުހައްމަދު ޝިއާ އަލް ސޫދާނީ ނެރުއްވި ކުރު ބަޔާނެއްގައި އިދާރާތަކަށް ގޮވާލެއްވީ ހާދިސާގައި އަސަރު ކުރި އެންމެންނަށް އެހީ ފޯރުކޮށްދިނުމަށެވެ.