Advertisement

ޑޮކްޓަރަކު އައިޖީއެމްއެޗް ތެރޭގައި ބަޔަކާ ޒުވާބުކުރި މައްސަލައެއް ބަލަނީ

26 ސެޕްޓެންބަރު 2023 - 15:13 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އާންމު މީހަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ އައިޖީއެމްއެޗްގެ ޑޮކްޓަރަކު ބަލިމީހެއްގެ ކުރިމަތީގައި އޭނާގެ މައިންބަފައިންނާ ޒުވާބުކޮށް، އަޑުގަދަކުރިކަމަށް ތުހުމަތުކޮށްފަ -- ފޮޓޯ: އަދަދު


ޑޮކްޓަރަކު އައިޖީއެމްއެޗް ތެރޭގައި ބަޔަކާ ޒުވާބުކުރި މައްސަލައެއް ބަލަނީ

26 ސެޕްޓެންބަރު 2023 - 15:13 0

އައިޖީއެމްއެޗް ތެރޭގައި ބަލި މީހެއްގެ އެހީތެރިންނާ ޑޮކްޓަރަކު ޒުވާބުކޮށް، އަޑުގަދަކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އަފާ ރަޝާދު ނަމަކަށް ކިޔާ މީހަކު އޭނާގެ ފޭސްބުކު ޕޯސްޓެއްގައި ބުނީ، އައިޖީއެމްއެޗުގައި އެނދުމަތިކޮށްގެން ފަރުވާދެމުން ދިޔަ އޭނާގެ ކޮއްކޮގެ ކައިރީގައި އެހީތެރިންގެ ގޮތުގައި ތިބި އޭނާގެ މަންމަ އަދި ބައްޕައާ ޑޮކްޓަރަކު ޒުވާބުކޮށްފައިވާ ކަމަށެވެ.

ބަލި މީހެއްގެ އެހީތެރިންނާ ޒުވާބުކުރި ކަމަށް ތުހުމަތުކޮށްފައި ވަނީ ޑރ. ނަޒްމީ އަބްދުއްލަތީފް ނަމަކަށް ކިޔާ ފުއްޕާމޭ ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ.

"[ޑޮކްޓަރު] އައިސް މަންމަ މެން ގާތު ކިހިނެއް ވީ ތޯ ސުވާލު ކުރުމުން، އަޅުގަނޑުގެ މަންމަ އަޅުގަނޑު މެނަށް ކޮއްކޮއަށް ވަނީ ކިހިނެއް ކަމެއް ނޭންގޭ ކަމާއި ހުރިހާ ރިޕޯޓުތަކާއި ހިސްޓްރީ ވެސް އޮތީ ތިބޭފުޅުން އަތުގައި ކަމަށް ބުނުމުން ޑޮކްޓަރު ހިތްހަމަ ނުޖެހި ރުޅި ގަދަވި ކަމަށްވޭ،" އަފާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ޑޮކްޓަރު ޒުވާބު ކުރަމުން ތުހުމަތު ކުރީ ބަލިމީހާގެ އެހީތެރިން އޭނާއަށް ފުރައްސާރަކުރި ކަމަށް އަފާގެ ޕޯސްޓުގައި ބުނެ އެވެ. އަދި ޑޮކްޓަރު ރުންކުރުކޮށް ވާހަކަ ދެއްކުމަށް ފަހު ދިޔައީ ވޯޑުގައި އެޑްމިޓުކޮށްފައި އޮތް ބަލި މީހާ ނުބަލައި ކަމަށް ވެސް ބުނެ އެވެ.

"އެންމެ ފަހުން ބަލި އެނދުގަ އޮތް ކޮއްކޮައަށް ކެެތްނުވެގެން ދެން ހުއްޓާލާށޭ މިތަނުން ދާށޭ ޑޮކްޓަރާ ދިމާލަށް ބުނި. ދެންވެސް ރުޅި މަޑުނުވެ، ބަލާކަށް ނޫޅެމޭ ބުނެ ޑޮކްޓަރު ޕޭޝަންޓް ނުބަލާ ވޯޑުން ނިކުމެގެން ދިޔައީއެވެ. އޭގެ ފަހުން ފުއްޕާމޭގެ އިތުރު ޑޮކްޓަރެއް ކޮއްކޮ ބަލާކަށް ނާދޭ،" އަފާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެ މައްސަލަ އައިޖީއެމްއެޗްގެ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފައިވާނެ ކަމަށް ވެސް އަފާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.