Advertisement

ތިން އަހަރަށް ފަހު އުތުރު ކޮރެއާގެ ބޯޑަރު ހުޅުވައިފި

26 ސެޕްޓެންބަރު 2023 - 08:15 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އުތުރު ކޮރެއާގެ ވެރިރަށް ޕިޔޯންގްޔޭންގް. -- ފޮޓޯ: ޔޮންހަޕް


ތިން އަހަރަށް ފަހު އުތުރު ކޮރެއާގެ ބޯޑަރު ހުޅުވައިފި

26 ސެޕްޓެންބަރު 2023 - 08:15 0

ކޮވިޑް-19 އާ ގުޅިގެން އުތުރު ކޮރެއާ ލޮކްޑައުން ކުރިތާ ތިން އަހަރު ފަހުން އެހެން ގައުމުތަކުގެ ރައްޔިތުންނަށް އެ ގައުމުގެ ބޯޑަރު ހުޅުވާލައިފި އެވެ.

ކޮވިޑާ ގުޅިގެން އުތުރު ކޮރެއާ ލޮކްޑައުން ކުރީ 2020 ވަނަ އަހަރުގެ ކުރީކޮޅު އެވެ. އުތުރު ކޮރެއާގެ ރައްޔިތުން ވެސް ގައުމަށް އެތެރެވުން އޮތީ މަނާކޮށްފަ އެވެ.

ޗައިނާގެ ދައުލަތުގެ ސީސީޓީވީއިން އުތުރު ކޮރެއާގެ ރިޕޯޓަރަކާ ހަވާލަދީ ބުނީ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ބޯޑަރު ހުޅުވާލީ ހޯމަ ދުވަހު ކަމަށެވެ.

އެހެން ނަމަވެސް، އުތުރު ކޮރެއާއަށް އެތެރެވުމަށް ފަހު ދެ ދުވަސް ކަރަންޓީނުގައި ހުންނަން ޖެހޭނެ އެވެ.

އުތުރު ކޮރެއާގެ ބޯޑަރު ހުޅުވާލި އިރު، އެ ގައުމުން ވަނީ މިހާރު ޗައިނާގެ ހަންގްޖޯގައި ކުރިއަށްދާ އޭޝިއަން ގޭމްސަށް އެތުލީޓުންގެ ޓީމުތައް ފޮނުވައިފަ އެވެ.

އޭގެ އިތުރުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއާ ބައްދަލުކުރެއްވުމަށް އެ ގައުމަށް ދަތުރުކުރައްވައިފަ އެވެ.