Advertisement

ހުޅުމާލޭގައި އަޅާފައިވާ އުރީދޫގެ ތިމާވެއްޓާ ރައްޓެހި، ޒަމާނީ އާ ހެޑްއޮފީސް ހުޅުވައިފި

26 ސެޕްޓެންބަރު 2023 - 08:16 0

އަމަން ހަލީމް

އަމަން ހަލީމް

އުރީދޫގެ އާ ހެޑްއޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން: މި އިމާރާތުގައި ހުންނަނީ 11 ފަންގިފިލާ -- ފޮޓޯ/މުހައްމަދު ޝާބިން


ހުޅުމާލޭގައި އަޅާފައިވާ އުރީދޫގެ ތިމާވެއްޓާ ރައްޓެހި، ޒަމާނީ އާ ހެޑްއޮފީސް ހުޅުވައިފި

26 ސެޕްޓެންބަރު 2023 - 08:16 0

ހުޅުމާލޭ ސެންޓްރަލް ޕާކް ހުންނަ ސަރަހައްދުގައި އުރީދޫ މޯލްޑިވްސް އިން އިމާރާތްކޮށްފައިވާ އެ ކުންފުނީގެ އައު ހެޑް އޮފީސް އިމާރާތް ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.

އުރީދޫ ހެޑްއޮފީސް ކައިރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އޮފީސް ހުޅުއްވައިދެއްވީ ގަތަރުގެ އުރީދޫ ގްރޫޕޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަޒީޒް އަލް އުސްމާން ފަހްރޫ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދް އަލް ހަމަދީ ވިދާޅުވީ އުރީދޫގެ އާ އޮފީސް އިމާރާތަކީ މި ވޭތުވި 18 އަހަރުގެ ތެރޭގައި އެ ކުންފުނިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އުރީދޫގެ އަމާޒަކީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާ އެކީ އެ ކުންފުނީގެ ކަސްޓަމަރުންނާއި މުވައްޒަފުންނަށް ވެސް ތަފާތު ތަޖުރިބާތައް ގެނެސްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫގެ އާ ހެޑްއޮފީސް ހުޅުވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް: އަރިހުގައި އުރީދޫ ގްރޫޕޫގެ ސީއީއޯ އަދި އެމްޑީ އަޒީޒް އަލް އުސްމާން ފަހްރޫ އާއި އުރީދޫ މޯލްޑިވްސް ސީއީއޯ އަދި އެމްޑީ ހާލިދް އަލް ހަމަދީ -- ފޮޓޯ/މުހައްމަދު ޝާބިން


ޒަމާނީ ފެންވަރަށް ގިނަ ވަސީލަތްތަކެއް ހިމެނޭ ގޮތަށް އިމާރާތްކޮށްފައި އުރީދޫގެ މި އޮފީސް އިމާރާތުގައި ބޭސްމެންޓަކާ އެކު 11 ފަންގިފިލާ ހުރެ އެވެ.

ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަރުމާކޮށްފައިވާ މި އިމާރާތުގައި ވާރޭފެން ރައްކާކުރެވޭނެ ނިޒާމާއި އެނާޖީ ސޭވިން ނުވަތަ ކަރަންޓު ހަރަދު ކުޑަކުރެވޭ ވަސީލަތްތައް ހުރެ އެވެ. އެގޮތުން އިމާރާތުގައި ބޭނުންކޮށްފައިވާ ލެމިނޭޓަޑް ޓެމްޕާޑް ބިއްލޫރި އާއި ސޯލާ ޕެނަލްތަކާއި ވެންޓިލޭޝަން ނިޒާމުން ގިނަ ހަރަދުތަކެއް ސަލާމަތްކުރުމާ އެކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫން އޮފީސް ފަރުމާކުރުމުގައި ސަމާލުކަން ދިން އަނެއް ކަމަކީ މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ގޮތަށް މަސައްކަތުގެ މާހައުލު ފަރުމާކުރުމަށެވެ. އެގޮތުން އޮފީހުގައި ޖާގަ ތަނަވެސް ވެފައި، މުވައްޒަފުން މުނިފޫހިފިލުވާނެ ސަރަހައްދަކާއި ޖިމާއި ޑޭ ކެއާ ސެންޓަރާއި ކެފޭ ފަދަ ތަންތަން ވެސް ހުރެ އެވެ.