Advertisement

ބޮޑު ކުރިއެރުމަކާ އެކު ޝޫޓަރު ޝަރަފިއްޔާ ގައުމީ ރެކޯޑެއް އާކޮށްފި

26 ސެޕްޓެންބަރު 2023 - 09:44 2

އޭޝިއަން ގޭމްސްގެ އިވެންޓްގެ ތެރެއިން ޝަރަފިއްޔާ.--- ފޮޓޯ: ނައުޝަމް ވަހީދު/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ


ބޮޑު ކުރިއެރުމަކާ އެކު ޝޫޓަރު ޝަރަފިއްޔާ ގައުމީ ރެކޯޑެއް އާކޮށްފި

26 ސެޕްޓެންބަރު 2023 - 09:44 2

ޗައިނާގެ ހަންޒޫގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ވާދަކޮށް އަންހެނުން 10 މީޓަރު އެއާ ރައިފަލްގެ އިވެންޓުގެ ގައުމީ ރެކޯޑު ސްޓާފް ސާޖަންޓް ޝަރަފިއްޔާ އަބްދުއްރަހްމާން އާކޮށްފި އެވެ.

މި މަހުގެ 23ގައި ޗައިނާގައި ފެށި އޭޝިއަން ގޭމްސްގައިި ރާއްޖޭގެ ޝޫޓިން ޓީމުގެ ދެ މެންބަރަކު 10 މީޓަރު އެއާ ރައިފަލް އިވެންޓުގައި ވާދަކުރި އެވެ. އެއީ ސްޓާފް ސާޖަންޓް ޝަރަފިއްޔާ އަބްދުއްރަހްމާން އާއި ކޯޕްރަލް އިބްރާހިމް ޝިފާން އެވެ.

ޝަރަފިއްޔާ ވަނީ ރަނގަޅު ކުރިއެރުމަކާ އެކު އޭނާ ވާދަކުރި އިވެންޓުގެ ގައުމީ ރެކޯޑު އާކޮށްފަ އެވެ. އެ ގޮތުން މި ފަހަރު އޭނާ ވަނީ 605.9 ގެ ސްކޯއެއް ހޯދައިފަ އެވެ.

އަންހެނުންގެ 10 މީޓަރު އެއާ ރައިފަލްގެ ރެކޯޑު ޝަރަފިއްޔާ މުގުރާލީ މިއަަހަރުގެ މާޗު މަހު އިންޑޮނޭޝިއާގެ ޖަކާޓާގައި ކުރިއަށްދިޔަ އޭޝިއަން ރައިފަލް/ޕިސްޓަލް ކަޕް 2023 ގައި 589.6ގެ ސްކޯއެއް ހޯދައިގެންނެވެ. އޭގެ ކުރިން މި ރެކޯޑު އޮތީ އާސިފާ ޖައުފަރު އަތުގަ އެވެ.

އޭޝިއަން ގޭމްސްގައި ޝަރަފިއްޔާގެ އިތުރުން 10 މީޓަރު އެއާ ރައިފަލް އިވެންޓުގައި ވާދަކުރި އިބްރާހިމް ޝިފާންއަށް އެންމެ ރަނގަޅު ނަތީޖާއެއް ނުހޯދުނެވެ. މިއަހަރު ރަނގަޅު ކުރިއެރުންތަކެއް ހޯދަމުން އައި ޝިފާން އަށް ހޯދުނީ 603.4ގެ ސްކޯއެކެވެ.

އޭޝިއަން ގޭމްސްގައި މި ފަހަރު ރާއްޖެއިން ނުވަ ކުޅިވަރެއްގައި 75 އެތުލީޓުން އަންނަނީ ވާދަކުރަމުންނެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، ބީޗްވޮލީބޯޅަ، ކްރިކެޓް، އީ-ސްޕޯޓްސް، ޝޫޓިން، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ.