Advertisement

ވިއްސާރާގައި ހަތަރު ރަށެއްގެ 84 ގެއަކަށް ގެއްލުން

25 ސެޕްޓެންބަރު 2023 - 11:45 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ވިއްސާރައިގެ ސަބަބުން ކުރެންދޫގައި ފެން ބޮޑުވެފައި -- ފޮޓޯ: އެންޑީއެމްއޭ


ވިއްސާރާގައި ހަތަރު ރަށެއްގެ 84 ގެއަކަށް ގެއްލުން

25 ސެޕްޓެންބަރު 2023 - 11:45 0

މި މަހުގެ މިހާތަނަށް ރާއްޖެއަށް ކުރި ވިއްސާރައިގައި ހަތަރު ރަށެއްގެ 84 ގެއަކަށް ގެއްލުން ވެއްޖެ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި މަހުގެ މިހާތަނަށް ރާއްޖެއަށް ކުރި ވިއްސާރައިގައި ގެއްލުން ލިބިގެން ހަތަރު ރަށަކުން އެ އޮތޯރިޓީއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ޅ. ކުރެންދޫއިން 66 ގެއަކަށާއި، އއ. އުކުޅަހުން 15 ގެއަކަށް، އއ. ފެރިދޫއިން އެއް ގެއަށް އަދި ސ. ފޭދޫއިން ދެ ގެއަކަށް ގެއްލުން ލިބިގެން ރިޕޯޓު ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެ އެވެ.

އޭގެ އިތުރުން ގެތަކަށް ލިބުނު ގެއްލުން ވަޒަންކުރުމަށްފަހު، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަަތް ކުރަމުން އަންނަ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ.

ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ސެޕްޓެމްބަރު 19، ވަނަ ދުވަހު ޅ. ކުރެންދޫގެ 75 ޕަސަންޓު ގެއަށް ފެން ވަދެ އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ.