Advertisement

ނާސާއިން ފުރަތަމަ ފަހަރަށް އެސްޓްރޮއިޑެއްގެ ސާމްޕަލް ދުނިޔެއަށް

26 ސެޕްޓެންބަރު 2023 - 06:49 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ސާމްޕަލް ހިމެނޭ ކެޕްސޫލް ކައިރީ ނާސާގެ ސައިންވެރިން. ފޮޓޯ: ނާސާ


ނާސާއިން ފުރަތަމަ ފަހަރަށް އެސްޓްރޮއިޑެއްގެ ސާމްޕަލް ދުނިޔެއަށް

26 ސެޕްޓެންބަރު 2023 - 06:49 0

އެމެރިކާގެ ނޭޝަނަލް އޭރޯނާޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން އެސްޓްރޮއިޑެއްގެ ސާމްޕަލް ފުރަތަމަ ފަހަރަށް ހޯދާ ތާރީހީ ލަގަބެއް ހާސިލްކޮށްފި އެވެ.

ނާސާއިން ބުނެފައިވަނީ އެ އިދާރާގެ ޖައްވީ އުޅަނދު އޮސިރިސް-ރެކްސް، މިމަހުގެ 24 ގައި އެނބުރި ދުނިޔެއަށް އައިސްފައިވަނީ ބެނޫ ނަމަކަށް ކިޔާ އެސްޓްރޮއިޑްގެ ސާމްޕަލަކާއެކު ކަމަށެވެ. މިއީ އަހަރުމެންގެ ސޯލާ ސިސްޓަމް އުފެދުމާ ބެހޭ އާ ވިސްނުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ނާސާއިން ބުނެ އެވެ.

ދެހާސް ސޯޅައިގައި ފޮނުވާލި އޮސިރިސް-ރެކްސް މިޝަން ބެނޫއަށް އަށް ފޯރާފައިވަނީ 2018 ގަ އެވެ. މި ޖައްވީ އުޅަނދުން ވަނީ އެސްޓްރޮއިޑް ދިރާސާކޮށް އޭގެ ސަރަހައްދު މެޕިން ކުރުމަށް ދެ އަހަރު ހޭދަކޮށްފަ އެވެ. އަދި އޮކްޓޯބަރު 2020 ގައި އޮސިރިސް-ރެކްސް އިން ވަނީ ރޮބޮޓިކް އަތެއް ބޭނުންކޮށްގެން ބެނޫގެ ސަރަހައްދުން ކާމިޔާބުކަމާއެކު ސާމްޕަލް އެއް ނަގާފައެވެ.

އެސްޓްރޮއިޑް މެޓީރިއަލް ހިމެނޭ ސާމްޕަލް ކެޕްސޫލް އާދީއްތަ ދުވަހު އޮސިރިސް-ރެކްސް އިން ވަނީ ދުނިޔޭގެ ޖައްވަށް ފޮނުވާލާފަ އެވެ. މި ކެޕްސޫލް ސަލާމަތުން ޔޫޓާ ސަހަރާއަށް ޖައްސާފައިވާއިރު، ނާސާގެ ޓީމެއް ވަނީ އެސަރަހައްދަށް ގޮސް ކެޕްސޫލް ނަގާފަ އެވެ.

މި ސާމްޕަލް ދެން ގެންދާނީ ހޫސްޓަންގައި ހުންނަ ނާސާގެ ޖޯންސަން ސްޕޭސް ސެންޓަރަށެވެ. މި ސާމްޕަލްގެ ސަބަބުން އެސްޓްރޮއިޑްތަކުގެ އެކުލެވުންތަކާއި، އަހަރެމެންގެ އިރުގެ ނިޒާމު އުފެދުމާއި، އެހެން ޕްލެނެޓްތަކުގައި ދިރިއުޅުމުގެ ފުރުސަތު އޮތް ގޮތާ ބެހޭ އާ މައުލޫމާތުތަކެއް ހާމަވެދާނެކަމަށް ނާސާއިން ގަބޫލުކުރެ އެވެ.

އެސްޓްރޮއިޑް ސާމްޕަލްގެ ފުރަތަމަ ހޯދުންތައް އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު ނާސާއިން އިއުލާންކުރާނެ އެވެ. އަދި އަހަރުގެ އަހަރުގެ ފަހުކޮޅު އިތުރު ތަފުސީލު ހިމެނޭ ރިސާޗް ޕޭޕަރު އާންމުކުރާނެ އެވެ މި ސާމްޕަލްގެގެ ބައެއް ތަކެތި ކެނެޑާ އާއި ޖަޕާނުގެ ލެބްތަކަށް ފޮނުވާއިރު، އޭގެ ބޮޑު ބައެއް މުސްތަގުބަލުގެ ދިރާސާވެރިންނަށް ހާއްސަކޮށްފައިވެ އެވެ.