Advertisement

ބާސެލޯނާ އަށް ފެލިކްސް ނުވިއްކާނެ ކަމުގެ އިޝާރާތެއް އެތުލެޓިކޯ އިން ދީފި

26 ސެޕްޓެންބަރު 2023 - 11:12 0


ބާސެލޯނާ އަށް ފެލިކްސް ނުވިއްކާނެ ކަމުގެ އިޝާރާތެއް އެތުލެޓިކޯ އިން ދީފި

26 ސެޕްޓެންބަރު 2023 - 11:12 0

މެޑްރިޑް (ސެޕްޓެމްބަރު 26) - ލޯން އެއްބަސްވުމެއްގެ ދަށުން މި ވަގުތު ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔާއޯ ފެލިކްސް، އެ ޓީމަށް ނުވިއްކާނެ ކަހަލަ ވިސްނުމަކުން އެތުލެޓިކޯ މެޑްރިޑްގެ ރައީސް އެންރީކޭ ސެރޭޒޯ ވާހަކަ ދައްކަވައިފި އެވެ.

ޓްރާންސްފާގެ ފަހުދުވަސްތަކުގައި ފެށި މަޝްވަރާތަކަކަށް ފަހު ފެލިކްސް ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯ ދޫކޮށް ބާސެލޯނާ އަށް ބަދަލުވެފަ އެވެ. އެކަމަކު، އެ ޑީލުގައި ފެލިކްސްގެ ކޮންޓްރެކްޓް ދާއިމީ ކުރެވޭނެ ހާލަތެއް ހިމެނޭ މާއްދާއެއް ހިމަނާފައިނުވެ އެވެ. އެހެންކަމުން، ބާސެލޯނާ އިން ފެލިކްސްގެ ސޮއި ދާއިމީ ކޮންޓްރެކްޓެއްގައި ހޯދާނަމަ އެތުލެޓިކޯއާ އެކު ވަކި ޑީލަކަށް އެއްބަސްވާން ޖެހޭނެ އެވެ.

ފެލިކްސް ވެސް ވަނީ ބާސެލޯނާއާ އެކު ދިގު މުއްދަތަކަށް ހުންނަން އެދޭ ކަމަށް ބުނެފަ އެވެ. އެކަމަކު، އެތުލެޓިކޯގެ ރައީސް ސެރޭޒޯ ވިދާޅުވީ ފެލިކްސް އަކީ އަދިވެސް އެތުލެޓިކޯގެ ކުޅުންތެރިއެއް ކަމަށާއި އެ ކްލަބްގައި އޭނާ އަށް މުސްތަގުބަލު އެބައޮތް ކަމަށެވެ.

"އެއީ އަދިވެސް އަހަރެމެންގެ ކުޅުންތެރިއެއް. އަހަރެމެން ޖެހޭ އެ ފަދަ ލެވަލެއްގެ ކުޅުންތެރިއެއްގެ ބޭނުން ރަނގަޅަށް ހިފަން. އޭނަ އެ ދަނީ ބާސެލޯނާގައި ވެސް އަމިއްލަ ލެވަލް ސާބިތުކޮށްދެމުން. ފެލިކްސް އަށް އަދިވެސް އަހަރެމެންގެ ސްޓައިލަަށް ހޭނުމުގައި ދަތިތަކެއް އެބަހުރި، އެކަމަކު، އެކަންކަން ރަނގަޅުކުރެވޭނެ، އަހަރެމެން އޭނަ ބޭނުން،" ސެރޭޒޯ ވިދާޅުވި އެވެ.

މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން ހަތަރު މެޗުން ފެލިކްސް ވަނީ ހަތަރު ގޯލު ޖަހައި، ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.