Advertisement

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ޕްރޮޖެކްޓްތައް ހޮވައިފި

24 ސެޕްޓެންބަރު 2023 - 13:10 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ޕްރޮޖެކްޓްތައް ހޮވައިފި-- ފޮޓޯ: ބީއެމްއެލް


ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ އެހީ ލިބޭ ޕްރޮޖެކްޓްތައް ހޮވައިފި

24 ސެޕްޓެންބަރު 2023 - 13:10 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ކޮމިއުނިޓީ ފަންޑުން މި އަހަރުގެ ދެވަނަ ފޭހުގައި އެހީ ދޭނެ 10 ޕްރޮޖެކްޓު ހޮވައިފި އެވެ.

ޕްރޮޖެކްޓަތައް

  1. ހުޅުމާލެ ފިޔަވަތީގައި ކުޑަކުދިންނަށް ލިޔަންކިޔަން ދަސްކޮށްދޭ ޕްރޮގްރާމް، ޕްރޮޖެކްޓް. ހުށަހެޅީ ދަ ރީޑިންގ ރޫމް
  2. ހއ. ތަކަންދޫ، އއ. އުކުޅަސް އަދި ވ. ފުލިދޫ އަންހެނުންނަށް ހާއްސަ ޕްރޮގްރާމް. ހުށަހެޅީ އެސޯސިއޭޝަން އޮފް ލޭޑީ އެންޓްރަޕްރެނާސް
  3. ބ. ތުޅާދޫ، ސައުންޑް ސިސްޓަމްއެއް ގާއިމްކުރުން. ހުށަހެޅީ ތުޅާދޫ ސްޕޯޓްސް ކްލަބް
  4. ހދ. ނޮޅިވަރަންފަރުގައި އައަޓްޑޯ ބީޗް ޝަވާ އޭރިއެއް. ގާއިމްކުރަން ހުށަހެޅީ ނޮޅިވަރަންފަރު ޔޫތް ޑިވެލޮޕްމަންޓުން
  5. ހއ. ދިއްދޫ ކޮމިއުނިޓީ ޕްރޮގްރާމްސް. ޕްރޮޖެކްޓް ފީނާ އެކަޑަމީއިން
  6. ށ. މަރޮށި ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިން ޕާކް. ޕްރޮޖެކްޓް ހުށަހެޅީ ނާދިލް މުތައްހިދީން
  7. ރ. އަނގޮޅިތީމު ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިންގ ޕާކް. ޕްރޮޖެކްޓް ހުށަހެޅީ ޒިންސް ޔުނިޓީ ޓުވާޑްސް އެމްޕަވަމަންޓް
  8. ތ. ގުރައިދޫ ވިންސިއާ ފުޓްބޯލް ޓްރެއިނިން ޕްރޮގްރާމް. ޕްރޮޖެކްޓް ހުށަހެޅީ ވިންސިއާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  9. ލ. ގަން، ސްމާޓް ސްކޫލް ސިސްޓަމްސް ހަރުކުރުން. ޕްރޮޖެކްޓް ހުށަހެޅީ މޯލްޑިވްސް ކޮމިއުނިޓީ އެންޕަވަމަންޓް ނެޓްވޯކް
  10. ހއ. އިހަވަންދޫ ސްކޫލުގައި ގާއިމްކުރާ އައުޓްޑޯ ރީޑިން ޕާކް. ޕްރޮޖެކްޓް ހުށަހެޅީ އިހަވަންދޫ މަސްވެރިންގެ ގުޅުން

ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 100 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދެވިފަ އެވެ.