Advertisement

ތެޔޮ އިމްޕޯޓު ކުރާ މިންވަރު އިތުރުވެ، ހަރަދު ބިލިއަނަކަށް

22 ސެޕްޓެންބަރު 2023 - 13:23 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

އެފްއެސްއެމްގެ ޕެޓްރޯލް ޝެޑެއް -- މުހައްމަދު ޝާބިން/އަދަދު


ތެޔޮ އިމްޕޯޓު ކުރާ މިންވަރު އިތުރުވެ، ހަރަދު ބިލިއަނަކަށް

22 ސެޕްޓެންބަރު 2023 - 13:23 0

ފާއިތުވީ އޮގަސްޓް މަހު ތެޔޮ އިމްޕޯޓު ކުރުމަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްއިން މަހަކު އެއްފަހަރު ނެރޭ އިމްޕޯޓް އެކްސްޕޯޓާ ގުޅޭ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު 1.139 ބިލިއަން ރުފިޔާގެ ތެޔޮ ރާއްޖެއަށް އެތެރެކުރި އެވެ.

ތެލަށް ކުރި ހޭދަ

  • ފެބްރުއަރީ: 946 މިލިއަން ރުފިޔާ
  • މާޗް: 924 މިލިއަން ރުފިޔާ
  • އޭޕްރީލް: 838 މިލިއަން ރުފިޔާ
  • މެއި: 834 މިލިއަން ރުފިޔާ
  • ޖޫން: 910 މިލިއަން ރުފިޔާ
  • ޖުލައި: 913 މިލިއަން ރުފިޔާ
  • އޮގަސްޓް: 1.139 ބިލިއަން ރުފިޔާ

އޮގަސްޓްގައި އިމްޕޯޓުކުރި މުދަލުގެ އަގު ޖުމުލަ ފަސް ބިލިއަން ރުފިޔާއަށް އަރާއިރު އޭގެތެރޭގައި އެންމެ ގިނަ އަދަދަކަށް ހިމެނެނީ ވެސް ތެލުގެ ބާވަތްތަކެވެ. އޭގެ އިތުރުން، ކާބޯތަކެތީގެ ގޮތުގައި 802 މިިލިއަން ރުފިޔާގެ މުދާ އަދި އިލެކްޓްރިކް ސާމާނާއި މެޝިނަރީޒް ގޮތުގައި 783 މިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފަ އެވެ.

އެންމެ ގިނަ މުދާ އިމްޕޯޓްކޮށްފައިވަނީ އޮމާން، އިންޑިއާ އަދި ޔޫއޭއީ އިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ އެސްޓީއޯއިންނެވެ.