Advertisement

ގުރުއާން އަންދާތީ އދ. ގައި މުސްލިމް ލީޑަރުންގެ ފާޑުކިޔުން ހުޅަނގަށް

20 ސެޕްޓެންބަރު 2023 - 15:05 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުގެ ރައީސް އިބްރާހިމް ރައިސީ އދ. ގައި ތަގުރީރު ކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ


ގުރުއާން އަންދާތީ އދ. ގައި މުސްލިމް ލީޑަރުންގެ ފާޑުކިޔުން ހުޅަނގަށް

20 ސެޕްޓެންބަރު 2023 - 15:05 0

ގުރުއާން އެންދުމުގެ އަމަލުތައް ހިންގާތީ އދ. ގެ އާއްމު މަޖިލީހުގައި މުސްލިމް ލީޑަރުން ހުޅަނގުގެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ސްވިޑަންގައި ގުރުއާން އެންދުމުގެ އަމަލުތަކެއް ހިންގާފައިވާ އިރު، އެ ގައުމުގެ ސަރުކާރުން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އެކަމަކު ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދޭ ގާނޫނުތަކުގެ ދަށުން އެކަން ހުއްޓުވެން ނެތް ކަމަށް ބުނެފައިވެ އެވެ.

އެކަމުގައި ސްވިޑަންއަށް އެންމެ ބޮޑަށް ފިއްތުންތައް ކުރިމަތި ކުރުވާ ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ވިދާޅުވީ ހުޅަނގުގެ ގައުމުތަކަށް ކުރިމަތިވެގެން އުޅެނީ ނަސްލީ އަދި ދީނީ ތަަފާތު ކުރުމުގެ "ބަލިމަޑުކަމެއް" ކަމަށެވެ.

އިރާނުގެ ރައީސް އިބްރާހިމް ރައިސީގެ ތަގުރީރުގައި ހަތިމެއް ނަންގަވައި ހުޅަނގަށް ފާޑުވިދާޅުވި އެވެ. ހުޅަނގުން އުޅެނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހަގީގަތް އޮޅުވާލަން ކަމަށާއި އިސްލާމްދީނާ މެދު ނަފުރަތު އުފެއްދުމުގެ އެޖެންޑާއެއް ގެންގުޅޭ ކަމަށެވެ.

އެގޮތުން ގުރުއާން އެންދުމުގެ އިތުރުން ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކުރުން ފަދަ އެތައް ކަމެއް ތަންފީޒު ކުރަމުންދާކަން ފާހަގަކުރެއްވި އެވެ.

ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދް އަލް ސާނީ ވިދާޅުވީ އެހެން މީހުން ލޯބިކުރާ ކަންކަމުގެ ހުރުމަތް ކަނޑާލުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނޫން ކަމަށެވެ.