20 ސެޕްޓެންބަރު 2023 - 06:46 0
އާމިނަތު ނިއުޝާ
20 ސެޕްޓެންބަރު 2023 - 06:46 0
ނ. މާފަރު ފަޅުގައި ރިސޯޓެއް ތަރައްގީކޮށްދޭނޭ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެއްޖެ އެވެ.
ސެޕްޓެމްބަރު 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތާއީދު ހޯއްދެވުމަށް މުއިއްޒު އަތޮޅުތެރެއަށް ކުރައްވާ ދަތުރުގެ ތެރެއިން މާފަރަށް ވަޑައިގެން ބޭއްވި ކެމްޕޭން ޖަލްސާގައި ވިދާޅުވީ، މާފަރުގެ އިހްތިސާސްގެ ތެރެއިން ގެއްލުނު ބައި އަނބުރާ ހޯއްދަވައިދެއްވާނެ ކަމަށެވެ.
"މިރަށުގެ ފަޅުތެރެއިން އަޅުގަނޑަށް ހީވަނީ މިސަރުކާރުގެ ތެރެއިންހެން އިހްތިސާސްއިން ވަކިކޮށްފާއިވާ ބައި، އެއީ ތިބޭފުޅުން އެދިލައްވާނެ ބައެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން. އެހެންވީމަ އިހްތިސާސްގެ ތެރެއަށް އެބައި އަނބުރާ ހޯދައިދޭނަން" މުއިއްޒު ވިދާޅުވި އެވެ.
އިހްތިސާސްގެ ތެރެއިން ގެއްލުނު ބައި ހޯދައިދޭނީ ދައުރު ނިމެން ކައިރިވުމުން ނޫން ކަމަށާއި، ވެރިކަމުގެ ފުރަތަމަ ތިންމަހުގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ގެންދަވަނީ އެރަށްރަށަށް ކޮށްދެއްވާނޭ ކަންކަމުގެ ގިނަ ވައުދުތަކެއް ވަމުންނެވެ. އެއިން އެއްވެސް ވައުދަކީ ފުއްދަން ދަތި ވައުދެއްކަން ފާހަގަވެއްޖެނަމަ އެ ވައުދަކަށް ބަދަލުވެސް ގެނެވޭނޭކަމަށް މުއިއްޒު ވިދާޅުވި އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment