Advertisement

ގާކޮށްޓާއި އަރަބިއްޔާ ފްލެޓުތަކުގެ އަގުތައް ބޮޑުވީ މުއިއްޒު ހެދި "ޑީލެއް"ގެ ސަބަބުން: އަކްރަމް

19 ސެޕްޓެންބަރު 2023 - 21:01 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ގާކޮށްޓާއި އަރަބިއްޔާ ފްލެޓުތަކުގެ އަގުތައް ބޮޑުވީ މުއިއްޒު ހެދި "ޑީލެއް"ގެ ސަބަބުން: އަކްރަމް

19 ސެޕްޓެންބަރު 2023 - 21:01 2

އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ގާއިމުކުރަން ފެށި ގާކޮށި ފްލެޓުތަކާއި އަރަބިއްޔާ ފްލެޓުތަކުގެ އަގުތައް ބޮޑުވެގެން ދިޔައީ އެ މަސައްކަތް ހުއްޓުވުމަށް ފަހު އަލުން ފެށުމުގެ ތެރޭގައި އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހެއްދެވި "ޑީލެއް"ގެ ސަބަބުން ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ކެމްޕޭން ރެލީއެއްގެ ތެރެއިން މުއިއްޒު ވަނީ އެ ތަންތަނަށް ދައްކަން ޖެހޭ ކުލީގެ އަދަދު ކުޑަކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން, އަތް ފޯރާ ފަށުން މައްޗަށް އެއްވެސް ސޯޝަލް ހައުސިން ޔުނިޓެއްގެ އަގު ބޮޑުވެގެން ނުވާނެ ކަމަށް އޭނާ އެ ޖަލްސާގައި ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވައި އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެ އަގުގައި އެތަން ދިނުމަށް ފަހު ވަކި ބަޔަކަށް ލޯ އިންޓްރެސްޓު ރޭޓުގައި ލޯނު ހަމަޖައްސައި ދިނީ މުއިއްޒު ކަމަށް ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތްތައް އެމްޑީޕީގެ ފުރަތަމަ ވެރިކަން ވައްޓާލުމަށް ފަހު އައި ސަރުކާރުން ހުއްޓުވި ކަމަށާއި އޭރު ވެސް ހައުސިން މިނިސްޓަރަކަށް ހުންނެވީ މުއިއްޒު ކަމަށެވެ.

"ޑީލެއްގެ ދަށުން އެތަން ހަދަން ފެށީ. ޑަބަލް އަގުބޮޑުކޮށް. އެހެންވީމާ ދައްކަން ޖެހޭ އަދަދު ބޮޑުވާނެ. އެއަށް ފަހު ލޯނު ނަގަން ޖެހުނީ. ނުނެގުނު މީހުން ބައެއް މީހުން ބޭރުވީ. ބޭރުވީ މީހުން ބޭރުވީމާ އެ މީހުންގެ މީހުންނަށް ބަހާލާފަ އެމްއެމްއޭއިން ލޯނު ދިނީ. ބާކީ ތިބި މީހުން އެހެން މިހެން ލޯނު ނަގައިގެން ހަމަޖެއްސީ," އަކްރަމް ވިދާޅުވި އެވެ.

މި ސަރުކާރު އައުމާ އެކު ލޯނު ލުއިކޮށްދޭން އެ ފަރާތްތަކުން އެދުނު ކަމަށާއި އެކަން ކުރެވެން ނެތުމުން ސަރުކާރުން އަޅާ ފްލެޓުތަކުން ފްލެޓެއް ދޭނެ ކަމުގެ ލިޔުން އެދުނު މީހުންނަށް ދީފައިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައި ކުރެއްވި ހުރިހާ ކަމެއް ވެސް ކުރައްވާފައިވަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށް އަކްރަމް ވިދާޅުވި އެވެ.

އަރަބިއްޔާ އާއި ގާކޮށީގެ ފްލެޓުތައް އަލުން ފެށީ ކޮންޓްރެކްޓަރަށް އިތުރަށް 278 ރުފިޔާ ދައްކައިގެންނެވެ. އެ ފައިސާ ކޮންޓްރެކްޓަރަށް ދެއްކީ ސަރުކާރުން އޭރުގެ އެޗްޑީސީ (މިހާރު އާބަންކޯ) އަށް އެ ފައިސާ ދިނުމުންނެވެ.

ޕްރޮޖެކްޓުގެ އަގު ބޮޑުވެގެން ދިޔުމާއެކު ފްލެޓުތަކުގެ އަގުގެ ގޮތުގައި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށް ވުރެ އެތައް ގުނައެއް ބޮޑުކުރަންޖެހުނެވެ.