Advertisement

ވީލްޗެއާގަ އުޅޭ ފަރާތްތަކަށް ހާއްސަަ "ރޮބޯޓެކްސީ"އެއް އަންނަ އަހަރު ނެރެނީ

18 ސެޕްޓެންބަރު 2023 - 06:22 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

މި އެކްސެސިބަލް ރޮބޮޓެކްސީ އަކީ ކްރޫޒްގެ ފުލް ޑްރައިވަރލެސް އޮރިޖިން ވެހިކަލްތަކުގެ މޮޑިފައިޑް ވާޝަން އެއް


ވީލްޗެއާގަ އުޅޭ ފަރާތްތަކަށް ހާއްސަަ "ރޮބޯޓެކްސީ"އެއް އަންނަ އަހަރު ނެރެނީ

18 ސެޕްޓެންބަރު 2023 - 06:22 0

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ، "ރޮބޯ-ޓެކްސީ" އެއް 2024 ގައި ނެރުމަށް ތައްޔާރުވަމުންދާކަން "ކްރޫޒް" އިން ހާމަކޮށްފި އެވެ.

ވީލްޗެއާ ގައި އުޅޭ ފަރާތްތަކަށް ވެސް ފަސޭހަކަމާއެކު އަރާލެވޭނެ މި ޓެކްސީ ދައްކާލާފައިވަނީ އެމެރިކާގެ "ޖެނެރަލް މޮޓޯސް" ގެ ސަބްސިޑަރީ ކުންފުނި "ކްރޫޒް" އިންނެވެ. "ކްރޫޒް" އަކީ ސެލްފް-ޑްރައިވިން އުޅަނދުތަކަށް ހާއްސަ ކުނފުންޏަކަށް ވާއިރު، އެ ކުންފުނީގެ އަމާޒަކީ އަންނަ އަހަރުގެ ކުރީކޮޅު މި ޓެކްސީގެ ހިދުމަތް ފެށުމެވެ.

މި އެކްސެސިބަލް ރޮބޮޓެކްސީ އަކީ ކްރޫޒްގެ ފުލް ޑްރައިވަލެސް އޮރިޖިން ވެހިކަލްތަކުގެ މޮޑިފައިޑް ވާޝަނެކެވެ. އާންމު ކާރުތަކާ ހިލާފަށް މި އުޅަނދުތަކުގައި ސްޓިއަރިންނާއި ނުވަތަ ޕެޑަލް އެއް ނުހުރެ އެވެ. އަލަށް ދައްކާލި ރޮބޮޓެކްސީގައި ރިޓްރެކްޓެބަލް ރެމްޕަކާއި އެތެރޭގައި އިތުރު ޖާގަ ހިމެނެ އެވެ.

ކާރުގެ އެތެރޭގައި ވީލްޗެއާ ބައިންދާނެ ޖާގަ ހިމެނޭ


ވީލްޗެއާ ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ފްލޯ ކްލެމްޕްތަކެއް ވެސް މި ކާރުގައި ހިމެނެ އެވެ. މި ކާރަކީ ކްރޫޒް، ޖެނެރަލް މޮޓޯސް އާއި ބްރައުންއެބިލިޓީ އާއި ކިއު ސްޓްރެއިންޓް ފަދަ އެކްސެސިބަލް ވެހިކަލް ޑިޒައިންގެ ޕާޓްނަރުން ގުޅިގެން ކުރި ތިން އަހަރު މަސައްކަތެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކާލާތުކުރާ ގިނަ ބަޔަކު ހިމެނޭ، އެކުންފުނީގެ އެޑްވައިޒަރީ ކައުންސިލުގެ ލަފާ ވެސް ހޯދި އެވެ.

އެމެރިކާގެ 25 މިލިއަނަށް ވުރެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގެއިން ބޭރަށް ދަތުރުކުރުމުގައި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. މި އާ ރޮބޯޓެކްސީން މި މައްސަލަތަކަށް އުއްމީދީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރާ ގިނަ ފަރާތްތަކުން އޮޓޮނޮމިކް ވެހިކަލްތައް ޑިވެލޮޕްކުރުމަށް ގޮވާލާފައިވީ ނަމަވެސް، އެފަދަ އުފެއްދުން ތައްޔާރުކޮށްފައި ވަނީ މަދު ކުންފުނިތަކެކެވެ. ކްރޫޒް އިން ދަނީ މިކަމަށް ބޮޑު އަހައްމިޔަތެއްދީ، މީހުންގެ ހިޔާލާއެކު ޑިޒައިންތައް އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްކުރަމުންނެވެ.

މި އުޅަނދުގެ އެތެރޭގެ ޓެސްޓިން އަންނަ މަހު ފަށާއިރު، އާންމުކޮށް ދުއްވުމުގެ ހުއްދައަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ. އަދި 2024 ގައި މި އުފެއްދުން ބާޒާރަށް ނެރެވޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ކްރޫޒްގެ ސީއީއޯ ކައިލް ވޮގްޓް ލަފާކުރާ ގޮތުގައި ނޭޝަނަލް ހައިވޭ ޓްރެފިކް ސޭފްޓީ އެޑްމިނިސްޓްރޭޝަނުން އެޕްރޫވަލްއާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ އެވެ.

މި ތަރައްގީއަކީ ސެލްފް ޑްރައިވިން ޓެކްނޮލޮޖީ، އެންމެންނަށް ލިބޭނެ ގޮތް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ދެކެ އެވެ.