Advertisement

އީޔޫގެ ގަވާއިދުތަކާއި ހިލާފުވެގެން ޓިކްޓޮކް 379 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

17 ސެޕްޓެންބަރު 2023 - 06:23 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


އީޔޫގެ ގަވާއިދުތަކާއި ހިލާފުވެގެން ޓިކްޓޮކް 379 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

17 ސެޕްޓެންބަރު 2023 - 06:23 0

ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ޖެނެރަލް ޑޭޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން (ޖީޑީޕީއާރް) އާއި ހިލާފުވެގެން މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓިކްޓޮކް" ޖޫރިމަނާ ކޮށްފި އެވެ.

ޓިކްޓޮކް ޖޫރިމަނާކޮށްފައިވަނީ އެ ޕްލެޓްފޯމްއިން ކުޑަކުދިންގެ ޑޭޓާ އާ މެދު އަމަލުކުރަމުންދާ ގޮތުގެ ސަބަބުންނެވެ. އޭގެތެރޭގައި އުމުރުން ހަގު ކުދިންގެ ކޮންޓެންޓް ޕަބްލިކަށް ފެންނަން ހުރުން ހިމެނެ އެވެ.

މިކަމާއި ގުޅިގެން އައިރިޝް ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަން (ޑީޕީސީ) އިން ވަނީ، 345 މިލިއަން ޔޫރޯ ނުވަތަ 379 އެމެރިކާ ޑޮލަރުން އެކުންފުނި ޖޫރިމަނާކުރަން ނިންމާފަ އެވެ. އަދި ގަވާއިފާ ހިލާފަށް ޕްރޮސެސް ކުރަމުންދާ ޑޭޓާ ގަވާއިދަށް ވެއްދުމަށް ވަނީ ތިން މަހުގެ މުހުލަތެއް ދީފަ އެވެ.

ޑީޕީސީ އިން ބުނެފައިވަނީ ޓިކްޓޮކް އިން ވަނީ ޖީޑީޕީއާރްގެ އެތައް ގަވާއިދަކާއި ހިލާފުވެފައިކަމަށެވެ. އޭގެތެރޭގައި، ކުޑަކުދިންގެ އެކައުންޓްތައް ޑިފޯލްޓްކޮށް ޕަބްލިކްގައި އިނުމާއި، ދެފުށް ފެންނަ މައުލޫމާތު ކުޑަކުދިންނަށް ހިއްސާކުރަން ފެއިލްވެފައިވުން ފާހަގަކޮށްފައިވެ އެވެ.

ޑީޕީސީ އިން ބުނެފައިވަނީ އުމުރުން 13 އަހަރާއި 17 އަހަރުގެ ކުދިން ޓިކްޓޮކްއަށް ސައިންއަޕްވާ އިރު، މަރުހަލާތައް ރޭވިފައިވާ ގޮތުން އެކުދިންގެ އެކައުންޓްތައް އިންނަނީ ޕަބްލިކަށް ފެންނަ ގޮތަށް ކަމަށެވެ. އަދި ޓިކްޓޮކްގެ "ފެމިލީ ޕެއާރިން" ސްކީމްގެ ދަށުން، ބޮޑު މީހަކަށް އެ އެކައުންޓަށް އެކްސެސް ލިބޭ އިރު، އެމީހަކީ ބެލެނިވެރިއެއްކަން ކަށަވަރުނުކުރާކަމަށް ޑީޕީސީއިން ބުނެފައިވެ އެވެ.

ޖޫރިމަނާ އާއި ގުޅިގެން ޓިކްޓޮކުން ބުނެފައިވަނީ ޑީސީޕީގެ ނިންމުމަށް "ރެސްޕެކްޓްފުލީ ޑިސްއެގްރީ" ވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މައްސަލާގައި ގޮތެއް ނިންމުމަށް ޑީސީޕީއިން ބޭނުންކޮށްފައިވަނީ، 13 ޖުލައި 2020 އާއި 31 ޑިސެމްބަރު އާ 2020 ދެމެދު އެކުންފުނިން ބޭނުކޮށްފައިވާޕްރައިވެސީ ސެޓަޕްކަމަށެވެ.

އަދި މިއަކީ މިހާރު ހައްލުކުރެވިފައިވާ މައްސަލައެއް ކަމާއި، 2021 އިން ފެށިގެން، އުމުރުން 13 އަހަރާއި 15 އަހަރުގެ ކުދިންގެ އެކައުންޓް ސެޓަޕްވަނީ ޕްރައިވެޓްކޮށްކަމަށް ޓިކްޓޮކުން ބުނެފައިވެ އެވެ.

ކުޑަކުދިންނާއި ގުޅޭ އިތުރު މައްސަލައެއްގައި މިއަހަރުގެ އޭޕްރީލް މަހު ވެސް ޓިކްޓޮކަށް ވަނީ ޖޫރިމަނާއެއް އައިސްފަ އެވެ. އެއީ ބެލެނިވެރިއެއްގެ ހުއްދަ ނެތި 1.4 މިލިއަން ކުޑަކުދިންގެ ޑޭޓާ އެ ކުންފުނިން ޕްރޮސެސްކޮށްފައިވާތީ އެވެ. އެ މައްސަލާގައި ޔޫކޭގެ ޑޭޓާ ރެގިއުލޭޓާ އިން ވަނީ އެކުންފުނި 13.5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.