Advertisement

މިނިވަންކަމާ އިސްތިގުލާލުގެ މައްޗަށް އިސްކުރާނެ އެހެން މަސްލަހަތެއް ނެތް: ރައީސް

16 ސެޕްޓެންބަރު 2023 - 15:10 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް -- ފޮޓޯ: ރައީސް އޮފީސް


މިނިވަންކަމާ އިސްތިގުލާލުގެ މައްޗަށް އިސްކުރާނެ އެހެން މަސްލަހަތެއް ނެތް: ރައީސް

16 ސެޕްޓެންބަރު 2023 - 15:10 0

ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ މައްޗަށް އިސްކުރާނެ އެހެން އެއްވެސް މަސްލަހަތެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާއްސަބަތުގައި އާއްމުކުރެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލުގެ މައްޗަށް އިސްކުރާނެ އެހެން އެއްވެސް މަސްލަހަތެއް ނެތް ކަމަށެވެ.

"ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލުގެ މައްޗަށް އިސްކުރާނެ އެހެން މަސްލަހަތެއް އަޅުގަނޑުމެންގެ ނެތެވެ. ބައިނަލްއަގުވާމީ މުޖުތަމައުގައި އިތުބާރު ކުރެވޭ ގައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ނަން މިއަދުވެސް ލިޔެވިފައިވަނީ، އެންމެ ފުރިހަމަ މާނައިގެ މިނިވަން ގައުމެއްގެ ގޮތުގައެވެ." ރައީސް ސޯލިހުގެ ހިތާބުގައި ވިދާޅުވި އެވެ.

ދިވެހިންނަކީ ސިޔާސީ އަދި އިގްތިސާދީ ގޮތުން ފުރިހަމަ މިނިވަން ގައުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ދިވެހިންގެ ދާހިލީ އަދި ހާރިޖީ މިނިވަންކަމުގެ މައްޗަށް ބަސްކިޔައި ގޮތް ނިންމޭނެ އެއްވެސް ބަޔަކު ވެސް ނެތް ކަމަށެވެ.

"ސިޔާސީ އަދި އިގްތިސާދީ މިނިވަންކަން ފުރިހަމައަށް ލިބިފައިވާ ފަދައިން، ދާހިލީ އަދި ހާރިޖީ މިނިވަންކަމުގައި ދިވެހިންގެ މައްޗަށް ބަސް ކިޔައި ގޮތް ނިންމޭނެ އެހެން ބަޔަކު ނެތެވެ." ރައީސް ވިދާޅުވި އެވެ.

ރައީސްގެ ހިތާބު މިމޭރުމުން އާއްމުކުރައްވާފައި މިވަނީ އިންޑިއާއިން ރާއްޖޭގެ ދާހިލީ އަދި ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަ ކަމަށް އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ތުހުމަތު ކުރާ ވަގުތެއްގަ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގި ހަރަކާތްތަކުގެ ތެރެއިން މާލެއާއި ބައެއް ރަށްރަށުގައި މުޒާހަރާތައް ވެސް ކުރި އެވެ. އަދި މާލޭގެ ބައެއް އިމާރާތްތަކުގައި "އިންޑިއާ އައުޓް" ޖަހާފައި ހުރި ބޮޑެތި ބެނާތަކެއް ވެސް ދެމި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ވެސް ހިމެނެ އެވެ.

.